ads
އަލައިކާ އިވެންޓެއްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: ޕީއެންސީ
މިއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއް: އަލައިކާ
ގޮނޑި ކަށަވަރު ނުކުރެވުން ކަމުގައި ވިޔަސް، މި ދަތުރު ދޫކޮށްލަނީ، މިއަށްވުރެ މާ ފުން އަދި ދިގުދެމިގެންދާ ކަމެއް، އެތައް ބައެއްގެ އިތުބާރާއި ލޯތްބާއި އިތުބާރާއެކުކަމަށާއި މިއީ، އޭގެ ޒާތުގައި، އެންމެ މަތީ ދަރަޖައިގެ ކާމިޔާބީއެއް ކަމަށް އާސިޔަތް އަލައިކާ އަދުނާން ބުނެފި އެވެ.
Advertisement
އަލައިކާ މިހެން ބުނެފައިވަނީ އޭނާގެ ޝޯސަލް މީޑިޔާގައި ކުރި ޕޯސްޓެއްގައި އެވެ. 

މި ދަތުރަކީ ދުވަހަކުވެސް ހަމައެކަނި މަގާމެއް ހޯދުމުގެ ދަތުރެއް ނޫން ކަމަށާއި މަގާމަށް ކުރިމަތިލާފައިވަނީ  އެތަށް ބައިވަރު އިސްލާހުތަކެއް ގެންނައުމުގެ ބޭނުމުގައި ކަމަށް އަލައިކާ ވަނީ އޭގެ ޝޯސަލް މީޑިޔާގައި ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.
"އަޅުގަނޑު މި މަގާމަށް ކުރިމަތި ލާން ނިންމީ ކަރާމާތްތެރި ދިރިއުޅުމަކަށް މަސައްކަތްކުރާ، ހަމަހަމަ ފުރުސަތާއި، މާނަހުރި ޖާގައާއި، ހައްގު ބާރުވެރިކަމަށް ވަކާލާތުކުރާ އާއިލާތަކެއް ބިނާ ކޮށް ދިނުމުގެ ނިޔަތުގައި. މީ އަދި ނިމުމެއް ނޫން މީ ފެށުމެއް" އަލައިކާ ބުނި އެވެ.
































މުޅި ސިޔާސީ ދަތުރުގައިވެސް ގިނައިން ދިމާވެފައިވަނީ މާޔޫސްކަމުގެ ވަގުތުތަކާއި، ބައެއް ފަހަރު ހިޔާނާތުގެ ހިތިކަން ކަމަށް އަލައިކާ ވަނީ ފާހަގަ ކޮށްފައި އެވެ. 
އޭނާ އިތުރަށް ފާހަގަ ކުރިގޮތުގައި އޭނާގެ ނިޔަތުގެ ހަގީގަތް ނުވަތަ އަމަލުތަކުގެ ހަގީގަތް އޮޅުވާލާ އޭނާއި މެދު މީހުން ނަފްރަތު ކުރުވަން ބަޔަކު މަސައްކަތް ކުރަމުން އައި ނަމަވެސް އޭނާ އަށް އަދި ވެސް ލިބެމުން އަންނަނީ ރައްޔިތުންގެ ފަރާތުން އިތުރު ލޯއްބާއި އިހްތިރާމް ކަމުގައި އެވެ. 
ނަމަވެސް، ކޮންމެ ޓްރައިލެއް އަދި ޗެލެންޖެއްގެ ތެރެއިން، އަބަދުވެސް ހުރީ އަޒުމް ކަނޑައަޅައި، އުސޫލުތަކުގައި ވަރުގަދައަށް ބިނާވެފައި ކަމަށާއި ކޮމިޓްމަންޓްގައި އެއްވެސް ޖެހިލުމެއް ނެތި ކުރިޔަށް ދަމުން ދާނެ ކަމަށް އޭނާ ބުނި އެވެ. 

your imageއަލައިކާގެ ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ އާއި ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް ޖަލީލް އަދި އަލައިކާ އެހެން ބައިވެރިންނާ އެކު ގުރޫޕް ފޮޓޯއެއް ނަންގަވަނީ.

މިއަދަކީ ނިމުމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި މިއީ ހަމަހިމޭން ބަދަލެއް ކަމަށް އަލައިކާ ވަނީ ފާހަގަ ކޮށްފައި އެވެ. 

ދަތުރު ކުރިއަށް ގެންދަނީ، އިތުރަށް އާ ބާރަކާއެކު، ފުން ޤަބޫލުކުރުމަކާއެކު، އަދި ނަޒާހަތްތެރިކަމާއި، މަގްސަދާއި، ހިދުމަތްތެރިކަމާއެކު ހިދުމަތް ކުރުމަށް ދިގުދެމިގެންދާ ވަޢުދުތަކަކާއެކުގަ ކަމަށް އަލައިކާ ވަނީ އެ ޕޯސްޓުގައި ބުނެފައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;