އިއްޔެ ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ އެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް ވަނީ ނަގާފަ އެވެ. އެ އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް ބޮޑު އިންސައްތައެއް ވަނީ ވޯޓު ދީފަ އެވެ.
މިކަމާ ގުޅިގެން އަންޑޭ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުން ނޫނެކޭ ބުނުމަކީ އިސްލާހީ ބަދަލުތަކާ ދެކޮޅަށް ދިން ވޯޓެއް ނޫން ކަމަށެވެ.
އަންޑޭ ވިދާޅުވި ގޮތުގައި މިއީ ހިންގުން ހަރުދަނާކޮށް، ޖަވާބުދާރީކުރުވުން އިތުރުކުރެވޭނެ ފަދަ ބަދަލުތަކަށް އެދި ގޮވާލި ގޮވާލުމެކެވެ. އަދި މިއީ ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ މުހިންމުކަމާއި، ސަރުކާރު ޖަވާބުދާރީކުރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަރުދަނާކުރުމަށް ރައްޔިތުން އެދޭކަން ހާމަކުރި ނިންމުމެއް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.
އަންޑޭ އިތުރަށް ވިދާޅުވީ ގައުމީ ފެންވަރުގެ މި ނިންމުމުގައި ބައިވެރިވެ، ބަސްބުނި ހުރިހާ ރައްޔިތުންނަށް އިހުތިރާމް އަދާކުރާ ކަމަށެވެ.
މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޭގެ ފައިދާ ލިބޭނީ ސިޔާސީންނަށް ކަމަށާއި، އިގުތިސާދީ ގޮތުންނާއި ގައުމުގެ ހަމަޖެހުމަށް އެކަމުން އެއްވެސް މަންފާއެއް ނުކުރާނެ ކަމަށް އަންޑޭ ވަނީ މީގެކުރިން ވެސް ވިދާޅުވެފަ އެވެ.
އިއްޔެ ބޭއްވި އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 294876 މީހުންގެ ތެރެއިން 214898 މީހުން ވޯޓު ލާފައިވާކަމަށް އީސީން މައުލޫމާތުދެ އެވެ. މިއީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ 73 އިންސައްތަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;