ads
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް - ފޮޓޯ:ޖޭޕީ
މާމިގިލީ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް ޖޭޕީއަށް ގެއްލިއްޖެ
އދ. މާމިގިލީ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް ޖުމްހޫރީ ޕާޓީއަށް ގެއްލިއްޖެ އެވެ.
Advertisement

މާމިގިލީ ކައުންސިލްގެ މެޖޯރިޓީ މިހާތަނަށް ދަމަހައްޓަމުން އައީ ޖުމްހޫރީ ޕާޓީންނެވެ. ނަމަވެސް، ނިމުނު ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި ޖޭޕީއަށް ވަނީ އެ ކައުންސިލުގެ މެޖޯރިޓީ ގެއްލިފަ އެވެ.

ކައުންސިލްގެ ރައީސްގެ ގޮނޑި ޖުމްހޫރީ ޕާޓީއަށް ލިބުނީ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް، ކުޑަ ތަފާތަކުންނެވެ. މީގެއިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް ގޮނޑީގެ ތިން ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. ބާކީ ދެ ގޮނޑި ލިބުނީ ޖޭޕީއަށެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި ކައުންސިލުގެ ރައީސުންގެ ގިނަ ގޮނޑިތައް ވެސް ނެގީ އެމްޑީޕީ އާއި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރު ވަނީ ބަލިވެފައި އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;