ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝާހު މާހިރު ވިދާޅުވީ ބޭސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށާއި އެކަމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބޭހުގެ މައުލޫމާތުތައް އެނގޭނެ ސިސްޓަމެއް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެފަދަ ނިޒާމެއް ތައާރަފުކުރުމުން، ބޭސް ހޯދުމުގައި މިހާރަށް ވުރެ ފަސޭހަވާނެ ކަމަށް ޝާހު ވިދާޅުވި އެވެ.
މީގެއިތުރުން، މިހާރު ބޭނުންކުރާ ބޭހުގެ ސިސްޓަމުން ރާއްޖޭން ލިބެން ހުރި ބޭހުގެ މައުލޫމާތުތައް ޑޮކްޓަރުންނަށް ވެސް ނުފެންނަކަން ޝާހު ފާހަގަކުރެއްވި އެވެ. އަދި މިހާރު އުފައްދާ ސިސްޓަމުން އެ މައްސަލައަށް ވެސް ހައްލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހު އެ ފަދައިން ވިދާޅުވިއިރު، ބޭސް ކުންފުނިން ވަނީ، ބޭސް ހޯދުން ފަސޭހަ ކުރުމަށްޓަކައި ޕޯޓަލަކާއި ހޮޓްލައިނެއް ތައާރަފުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;