މި ކޭމްޕަކީ މާލެއަށް ދަތުރުނުކޮށް، ތަފާތު ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު އަތޮޅުގެ ރައްޔިތުންނާއި ރިސޯޓު މުވައްޒަފުންނަށް ހޯދައިދިނުމަށް ބާއްވާ ކޭމްޕެކެވެ.
މި ކޭމްޕުގައި ކަށީގެ، ނާރުގެ، ހަމުގެ، ފުއްޕާމޭގެ، އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ 17 ވަނަ ހެލްތު ކޭމްޕެވެ.
އެ ކޭމްޕުގައި ބައިވެރިވުމަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުރުސަތު އޮންނާނެކަމަށާއި ރެޖިސްޓާ ވުމަށް ގުޅާނެ ނަންބަރަކީ 6540061 ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބާއްވާ ހެލްތު ކޭމްޕުތަކުގެ ބޭނުމަކީ، ރާއްޖޭގެ އެކި ހިސާބުތަކުގައި މަތީ ފެންވަރުގެ ސިއްހީ ފަރުވާ ފޯރުކޮށްދިނުންކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;