ads
އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ އެމްޑީގެ މަގާމުން ވަކިކުރި ޝާހިދު (ކ)
އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ އެމްޑީ ޝާހިދު ވަކިކޮށްފި
ސަރުކާރުގެ ފެން ކުންފުނި މޯލްޑިވްްސް ވޯޓާ އެނޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދު މަގާމުން ވަކިކޮށްފިއެވެ.
Advertisement

އެނާ މަގާމުން ވަކިކޮށްފައިވަނީ ރޭގެ ވަގުތެއްްގައެވެ. އެނގިފައިވާ ގޮތުގައި ރޭ ބޭއްވި ބޯޑު ބައްދަލުވުމެއްްގައި ޝަހީދު މަގާމުން ވަކިކުރީ ސަރުކާރުން އެދިގެންނެވެ. އެހެންނަމަވެސް މި ކަމުގައި ސަރުކާރުން ބަހެެއް އަދި ނުބުނެއެވެ. 

އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ޝާހިދު އައްޔަންކުރީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައެވެ. 

މިދިޔަ ހޮނިހިރު ދުވަހު ބޭއްްވި ތިންް އިންތިހާބުން ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބުމުންް އިއްޔެއިން ފެށިގެން ސަރުކާރުގެ އެކި ތަންތަނުން އިސް މީހުން އަންނަނީ ވަކިކުރަމުންްނެވެ. 

އެގޮތުން ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް އިއްްޔެ ވަނީ މަގާމުން ވަކިކޮށްފައެވެ. 

އޭގެއިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހާއި އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ހިމެނެއެވެ. ރިޝްވާން ދެއްވީ އިސްްތިއުފާއެވެ. އެހެންނަމަވެސް އޭނާ މަގާމުން އިސްތިއުފާދެއްްވީ ރައީސް މުއިއްޒު އެގޮތަށް އެންގެވުމުންކަމަށްވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;