ޖިހާދު އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުގައެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުރި އަބްދުﷲ ވަހީދު އިސްތިއުފާ ދިނުމުންނެވެ.
ފެނަކައިގެ ސީއެފްއޯ ގެ މަގާމުން މުހައްމަދު ޖިހާދު މިއަދު ވަކިކުރިއިރު އެ ކުންްފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި ހ. ޔެލޯރޯޒް 2، މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު ވެސް އިއްޔެ ވަނީ މަގާމުންް ވަކިކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްްވި ތިންް އިންތިހާބުން ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބުމުންް އިއްޔެއިން ފެށިގެން ސަރުކާރުގެ އެކި ތަންތަނުން އިސް މީހުން އަންނަނީ ވަކިކުރަމުންްނެވެ.
އެގޮތުން ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް އިއްްޔެ ވަނީ މަގާމުން ވަކިކޮށްފައެވެ.
އޭގެއިތުރުން އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ އާއި ސަރުކާރުގެ ފެން ކުންފުނި މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދުގެ އިތުރުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ހިމެނެއެވެ. ރިޝްވާން ދެއްވީ އިސްްތިއުފާއެވެ. އެހެންނަމަވެސް އޭނާ މަގާމުން އިސްތިއުފާދެއްްވީ ރައީސް މުއިއްޒު އެގޮތަށް އެންގެވުމުންކަމަށްވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;