އާރިފް ފެނަކަ ޑީ.އެމް.ޑީ އަކަށް އައްޔަންކުރީ މިދިޔަ އަހަރު ޖެނުއަރީ 28 ގައެވެ. އޭނާ އެމަގާމަށްް އައްޔަންކުރީ އޭގެ ކުރިން އެ މަގާމުގައި ހުރި ހުސެއިން ޒުހުރީ ވަނީ މިދިޔަ އަހަރު ޖެނުއަރީ މަހު ކުރީކޮޅު މަގާމުން އިސްތިއުފާ ދިނުމުންނެވެ.
މީ ފެނަކައި އިސް ސަފުގައި ތިބި މީހުންގެ ތެރެއިން މަގާމުން ވަކިކުރި ތިންވަނަ މީހާއެވެ. އެގޮތުން އެ ކުންްފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި ހ. ޔެލޯރޯޒް 2، މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހުވެސް އިއްޔެ ވަނީ މަގާމުންް ވަކިކޮށްފައެވެ. އަދި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައިހުރި މުހައްމަދު ޖިހާދުވެސްް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްްވި ތިންް އިންތިހާބުން ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބުމުންް އިއްޔެއިން ފެށިގެން ސަރުކާރުގެ އެކި ތަންތަނުން އިސް މީހުން އަންނަނީ ވަކިކުރަމުންްނެވެ.
އެގޮތުން ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް އިއްްޔެ ވަނީ މަގާމުން ވަކިކޮށްފައެވެ.
އޭގެއިތުރުން އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ އާއި ސަރުކާރުގެ ފެން ކުންފުނި މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދުގެ އިތުރުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ހިމެނެ އެވެ. ރިޝްވާން ދެއްވީ އިސްްތިއުފާ އެވެ. އެހެންނަމަވެސް އޭނާ މަގާމުން އިސްތިއުފާދެއްްވީ ރައީސް މުއިއްޒު އެގޮތަށް އެންގެވުމުންކަމަށްވެ އެވެ.
ސަރުކާރުކުންފުނިތަކުގެ ތެރެއަށް ސިޔާސީންގެ ނުފޫޒުވަދެ ދައުލަތާއި ސަރުކާރު "އޮޅި" ރައްޔިތުންގެ ފައިސާ އަށް ކުންފުނިތަކުގެ ތެރެއިން ހިޔާނާތްތެރި ވާ ކަމުގެ ޝަކުވާ ރައްޔިތުން މިހާރު ވެސް އަންނަނީ ކުރަމުން ނެވެ.
މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމް ރަނގަޅުވާން އޮތީ ކުރިއަށް އޮތް 10 އަހަރު ނަމަވެސް އިންތިހާބުގައި ވާދަ ނުކުރާ މީހުން އިސްވެތިބެ އިސްލާހީ ހަރަކާތެއް ފަށާ ރާއްޖޭގެ ހިންގުމުގެ އޮނިގަނޑި ދިރާސާކޮށް ގާނޫނޫ އަސާސީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެންނެވެ.
އެގޮތުން ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.
ހިންގުމުގެ އޮނިގަނޑެއް އެކަށައަޅައި، ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ޔަގީން ކުރުމަށް ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ މައިގަނޑު އެއް ކަންކަމަކީ "ސަރުކާރުގެ ބައިވެރިވުން ނެތި ކުންފުނިތައް ރެގިއުލޭޓްކުރެވޭނެ ގޮތެއް ހޯދުން"
ހުށަހެޅުން:
ނަތީޖާ:
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;