ގޭހަށް ގެނައި ބަދަލަށް އަންްނަ ބުރާސްފަތި ދުވަހުން ފެށިގެން އަމަލުކުރަން ވިލާ ގޭހުން ވަނީ ނިންމާފައެވެ. އެގޮތުން އާއްމުކޮށް ގޭގޭގައި ބޭނުންްކުރާ 10 ކިލޯގެ ގޭސްފުޅިއެއް ދެން ވިއްކާނީ 350ރ. އަށެވެ. މީ ކުރިން އެ ސައިޒުގެ ފުޅިއެއްް ވިއްކަމުން އައި އަގަށްވުރެ 150 ރުފިޔާ ބޮޑު އަދަދެކެވެ.
ވިލާ ކުންފުނިން މިގޮތަށްް ނިންމާފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން ތެލުގެ އަގު އުފުލިފައިވާތީކަމަށް އެ ކުންފުނިން ބުނެއެވެ.
އެމެރިކާއާއި އިޒްރޭލުން ގުޅިގެން އިރާނަށް ދޭ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފައެވެ. އެހެންވެ ސަރުކާރު ކުންްފުނި އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގުވެސް ދާދި ފަހުން ވަނީ ބޮޑުކޮށްފައެވެ. ތެޔޮ އަގު ބޮޑުކުރުން ސަރުކާރަށް ފާޑުކިޔުން އަމާޒުވުމުން ދެން އިތުރަށް އަގު ބޮޑު ނުކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ތެޔޮ އަގު ބޮޑުކުރީ މި ސަރަހައްދާއި ބަލާއިރު ނިސްބަތުން ކުޑަ އަދަދެއްކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;