އެސްޓީއޯއިން މިއަދު ބުނީ، ގޭހުގެ އާ ޝިޕްމަންޓެއް އިއްޔެ ލިބިފައިވާ ކަމަށެވެ. މީގެއިތުރުން ރައްޔިތުންނަށް ބޭނުންވާނެ އެއްވެސް އަސާސީ ހިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެ ކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.
އެސްޓީއޯއަށް ގޭހުގެ އާ ޝިޕްމަންޓެއް ލިބުނުއިރު، ގޭހުގެ އަގު މެނޭޖުކުރުމުގައި ހެދޭނެ ގޮތްތަކާ މެދު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއެކު އިއްޔެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މަޝްވަރާކުރައްވާފަ އެވެ.
މިގޮތުން، ގޭހުގެ މައްސަލައިގައި ވިލާއާއި އެސްޓީއޯއާ ވާހަކަ ދައްކައިގެން ގޮތްތަކެއް ކަނޑައެޅެން އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެ ކަމުގެ ތަފުސީލެއް ނުދެއްވަ އެވެ.
ސައީދު ވިދާޅުވީ، ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު މަހަކު އެއް ފަހަރު ކަނޑައަޅާއިރު، ސައުދީގެ ތެޔޮ ކުންފުނި އަރަމްކޯގައި ގޭސް ޓަނެއް ވިއްކަނީ ގާތްގަނޑަކަށް 775 އެމެރިކާ ޑޮލަރަށް ކަމަށެވެ.
މިގޮތުން، އެސްޓީއޯއިން މި މަހު ގޭހުގެ އަގު ކަނޑައެޅުމުގައި ބަލާފައި ވަނީ އެ ގައުމުގެ އަގުތަކަށް ކަމަށާއި ގޭހުގެ އަގު ކަނޑައެޅުމުގައި އޮންނަ މުއްދަތު ދިގުލާ ކަމަށް ސައީދު ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;