މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު ދެއްވުމަށް މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ސައީދު ވިދާޅުވީ ވިލާ ގޭހުގެ އަގު ބޮޑުކުރަން ނިންމިކަން އެނގިވަޑައިގަތީ ނޫހުން ކަމަށެވެ.
ސައީދު ވިދާޅުވީ ގޭސް ލިބުން ދަތިނުވާނެ ކަން ކަށަވަރު ކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އަދި ގޭހުގެ އަގު ބޮޑުވިޔަ ނުދީ ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ގޭހުގެ އަގު މެނޭޖުކުރުމުގައި ހެދޭނެ ގޮތްތަކާ މެދު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއެކު މިއަދު ވަރަށް ގިނައިރު މަޝްވަރާ ކުރެއްވި ކަމަށެވެ. މިގޮތުން، ފަންނީ ބޭފުޅުންނާ ހަވާލާ ދެއްވައި ސައީދު ވިދާޅުވީ، ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު ކަނޑައަޅަނީ މަހަކު އެއް ފަހަރު ކަމަށެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ވިލާ ގޭހުން އާންމުންނަށް ވިއްކާ ކައްކާ ގޭހުގެ އަގު ބޮޑު ކުރަން ވަނީ ނިންމާފަ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ކަރަންޓުގެ އަގު ބޮޑުވެދާނެތޯ ސުވާލުކުރުމުން ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު އިބްރާހިމް ތޯރިގު ވިދާޅުވީ، މިހާތަނަށް އަގަށް ބަދަލު ގެނައުމަށް އެއްވެސް ވާހަކައެއް ދެކެވިފައިނުވާ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;