މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ ގޮނޑިތަކަށް އިންތިހާބުވި އައު ކައުންސިލަރުންނާ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައްދަލުކުރައްވައިފިއެވެ.

Advertisement
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ އަލަށް އިންތިހާބުވި ކައުންސިލަރުންނަށް މަރުހަބާ ކިޔުމާއި، ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް ބައްޓަންކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު އާދަމް އާޒިމް ވަނީ އިންތިހާބީ ކައުންސިލަރުންގެ ކިބައިން މުހިންމު ކަންތައްތަކަކަށް އެދިވަޑައިގެންނެވިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެގޮތުން، މާލޭގެ ހުރިހާ ދާއިރާއެއްގައި ހުރި ދަތިތަކާއި މައްސަލަތައް ވަޒަންކޮށް، އެ ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ފެށުމަށް މޭޔަރު އިރުޝާދު ދެއްވިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދޭ ކައުންސިލަރުންތަކަކަށް ވުމަށް ވެސް މޭޔަރު އާޒިމް އެދިވަޑައިގެންނެވިކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މާލޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް ކުރެވޭ މަސައްކަތްތަކުގައި ހުރިހާ ކައުންސިލަރުންގެ އެއްބާރުލުން ބޭނުންވާނެކަން މޭޔަރު އާޒިމް ފާހަގަކުރެއްވިކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.
ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުން
- އަހުމަދު ގާލިބު (އެމްޑީޕީ) ހުޅުމާލެ ދެކުނު ދާއިރާ
- އަހުމަދު ސަނީހު ޝަރީފް (ޕީއެންސީ) - ހުޅުމާލެ މެދު ދާއިރާ
- ފާތިމަތު ޒަހިއްޔާ (އެމްޑީޕީ) - ހުޅުމާލެ އުތުރު ދާއިރާ
- ފާތިމަތު ސަހުލާ (އެމްޑީޕީ) - ހެންވޭރު ހުޅަނގު ދާއިރާ
- މީކާއިލް މުހައްމަދު ރިޔާޒު (އެމްޑީޕީ) - މެދު ހެންވޭރު ދާއިރާ
- އައިޝަތު ނާޒިމާ (އެމްޑީޕީ) - ހެންވޭރު ދެކުނު
- ފާތިމަތު ލައިޒާ (އެމްޑީޕީ) - ހެންވޭރު އުތުރު ދާއިރާ
- އައިމިނަތު އިރާޝާ މުހައްމަދު (އެމްޑީޕީ) - ގަލޮޅު އުތުރު ދާއިރާ
- އިބްރާހިމް ހަލީމް (އެމްޑީޕީ) - ގަލޮޅު ދެކުނު ދާއިރާ
- ހައްވާ ޝިފާނާ (އެމްޑީޕީ) - މައްޗަންގޮޅި މެދު ދާއިރާ
- ހަދީޖާ މުހައްމަދު (އެމްޑީޕީ) - މައްޗަންގޮޅި އުތުރު ދާއިރާ
- ފަރުހާން ޝަފީއު (އެމްޑީޕީ) - މައްޗަންގޮޅި ދެކުނު ދާއިރާ
- މުހައްމަދު ރިލުވާން އަލީ (އެމްޑީޕީ) - މާފަންނު ހުޅަނގު ދާއިރާ
- އައިޝަތު ހަނާ (އެމްޑީޕީ) - މާފަންނު މެދު ދާއިރާ
- އިބްރާހިމް ލަބާން ޝަރީފް (އެމްޑީޕީ) - މާފަންނު ދެކުނު ދާއިރާ
- ހުސައިން ފުރުޝާން (އެމްޑީޕީ) - މާފަންނު އުތުރު ދާއިރާ
- އިބްރާހިމް ސަމާހު (ޕީއެންސީ) - ވިލިމާލެ ދާއިރާ
އަލަށް އިންތިހާބުވި އަންހެނުން ކޮމެޓީގެ މެމްބަރުންނާއި އާޒިމް ބައްދަލުކުރައްވަނީ
މޭޔަރު އާދަމް އާޒިމް މިއަދު ވަނީ މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިހާބުވި މެމްބަރުންނާއިވެސް ބައްދަލުކުރައްވާފައެވެ.
މާލޭ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ހޮވުނު މެމްބަރުން
- އާއިޝަތު ރީޝާ / އަންހެނުންގެ ތަރައްގީގެ ކޮމިޓީގެ ރައީސާ
- މަރްޔަމް ޝީޒާ / މާފަންނު އުތުރު ދާއިރާ
- މަރްޔަމް ނާސިފާ އުމަރު / މާފަންނު މެދު ދާއިރާ
- ބަދޫރާ /މާފަންނު ދެކުނު ދާއިރާ
- އާމިނަތު ޝަފީޤާ / މާފަންނު ހުޅަނގު ދާއިރާ
- ހައްވާ ސަހްވާ / މައްޗަންގޮޅި އުތުރު ދާއިރާ
- ރަޝީދާ ރަޝާދު / މައްޗަންގޮޅި މެދު ދާއިރާ
- މަރްޔަމް ޒާހިރާ / މައްޗަންގޮޅި ދެކުނު ދާއިރާ
- އާއިޝަތު ރިޔާޝާ /ހެންވޭރު އުތުރު ދާއިރާ
- އާއިޝަތު މޫސާ / މެދުހެންވޭރު ދާއިރާ
- އާމިނަތު ސޯނިޔާ / ހެންވޭރު ދެކުނު ދާއިރާ
- މަރްޔަމް ރަޝީދާ އިބްރާހީމް / ހެންވޭރު ހުޅަނގު ދާއިރާ
- އާއިޝަތު ނަޒާހަތު ގަލޮޅު އުތުރު ދާއިރާ
- ފާތިމަތު ޝިރުމީނާ / ގަލޮޅު ދެކުނު ދާއިރާ
- ފާތިމަތު ސިބާ / ހުޅުމާލޭ އުތުރު ދާއިރާ
- ފާތިމަތު ޔޫޙާ އިބްރާހީމް / ހުޅުމާލޭ މެދު ދާއިރާ
- މަރްޔަމް އަމީނާ / ހުޅުމާލޭ ދެކުނު ދާއިރާ
- ހިޝްމާ އަހްމަދު / ވިލިމާލެ ދާއިރާ
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ވިލިމާލެ ދާއިރާ ފިޔަވައި ބާކީ ހުރި ގޮނޑިތައް ކާމިޔާބުކުރީ އެމްޑީޕީންނެވެ.