އޭނާ އެހެން ވިދާޅުވެފައި ވަނީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައި އެވެ.
އެ ޓްވީޓުގައި އޭނާ ވިދާޅުވި ގޮތުގައި އެ ރަށްތަކާއި ސިޓީތައް ބަދަލުކޮށް މީހުން ދިރިއުޅޭ އާބާދުވާން ފަސޭހަ ވިލުންވެރި ރަށްތަކަކަށް ހަދާދެވޭނެ ގޮތަކާއި މެދު ވެސް އާ ކައުންސިލަރުން އަދި އާ މޭޔަރުންވެސް ވިސްނަން ޖެހޭ ކަމަށެވެ.
އޭނާ އެހެން ވިދާޅުވެފައިވާ އިރު މި މަހުގެ ހަތަރު ވަނަ ދުވަހު ވަނީ އާ ކައުންސިލަރުން އަދި މޭޔަރުންވެސް ހޮވަން އިންތިހާބު ބާއްވާފައި އެވެ.
އަދި އެ އިންތިހާބުން އިދިކޮޅު އެމްޑީޕީން ވަނީ ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މޭޔަރުންގެ މަގާމު ނަގާފައި އެވެ. އަދި ރާއްޖޭގެ ގިނަ ބޮޑެތި ރަށްތަކުންވެސް އެމްޑީޕީން ވަނީ ބޮޑު މެޖޯރިޓީ އެއް ވެސް ނަގާފައި އެވެ.
އެ ރަށަކުން ފައިބައިގެން ދާން މަޖުބޫރުވި މީހުން އަލުން އަނބުރާ ރަށަށް އާދެވޭނެގޮތް ހަދައިދިނުން އަލީ ގޮވާލެއްވިއިރު ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުމަށާއި އަތޮޅު ވަސީލަތްތަކަށް ގޮތް ނިންމުގައި އަތޮޅުގެ ބަހެއްގެ ހޯދުމަށް ލާޒިމް ކުރާގޮތަށް ކަނޑައަޅައި، އަތޮޅު ހިންގުމުގައި ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުމާއެކު އަތޮޅު ހިންގަން އިތުރަށް ބާރު ދިނުމަށް ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.
މީގެ ނަތީޖާއެއް ކަމަށް "އެދޭ ރާއްޖެ" ޓީމުން ގަބޫލު ކުރަނީ މުޅި ރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް، ގައުމީ ތަރައްގީގެ ޕްލޭނަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ވުމާއި ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލެވި، އަތޮޅުގެ ވަސީލަތަކަށް އިތުރު ރައްކާތެރިކަމެއް ލިބި، ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވި ވެގެންދިޔުމެވެ.
ރާއްޖޭ ހިންގުމުގެ ނިޒާމް ރަނގަޅުވާން އޮތީ ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުން ކުޑަ އިންތިހާބީ މަގާމުތަކާއި އައްޔަނު ކުރާ މަގާމުތަކަށް ޝައުގުވެރިކަން ކުޑަ މީހުން އިސްވެ އިސްލާހީ ހަރަކާތެއް ފަށާ ރާއްޖޭގެ ހިންގުމުގެ އޮނިގަނޑު ދިރާސާކޮށް ގާނޫނޫ އަސާސީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެންނެވެ.
"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;