އަޑިއަށް ގޮސްގެން ރިޕޯޓްކޮށްފައިވަނީ، "އުދަރެސް" ބޯޓެވެ. ރިޕޯޓްތައް ބުނާ ގޮތުން ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އުދަރެސް ބޯޓު އަޑިއަށް ދިޔައިރު އޭގައި 13 މީހަކު ތިއްބެވެ.
އޭގެ ތެރެއިން ދިވެއްސަކު ގެއްލިފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެކަމަކު، އޭނާގެ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން ބިދޭސީއަކު ވަނީ ފަތާފައި ގޮސް އޮޅުވެއްޔަށް އަރައިފަ އެވެ. ދިވެއްސަކު ގެއްލިފައިވާއިރު ބާކީ ތިބި 11 މީހަކު އެ ރިސޯޓުގެ ދޯންޏަކަށް ނެގި ކަމަށް ރިޕޯޓްތައް ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;