ads
ފީއަލީ އައިސްޕްލާންޓް އެއްކޮށް އަނދާ ހުލިވެފައި. ފޮޓޯ: މިފްކޯ
ފީއަލީ އަލިފާން، މިދިޔަ އަހަރު ހެދި އައިސްޕްލާންޓް އަނދާ ހުލި
މިއަދު ފީއަލީ ބަނދަރުގައި ހިނގި އަލިފާނުގެ ހާދިސާގައި އެރަށުގައި ހުރި އައިސް ޕްލާންޓް އެއްކޮށް އަނދާ ހުލިވެއްޖެއެވެ.
Advertisement

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވީ މިއަދު ހެނދުނު 09:15 ކަންހާއިރުއެވެ. އެ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލެވުނީ 10:35 ވީ ފަހުންކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

މި ހާދިސާގައި ރޯވި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގަލަދޭޝް ރައްޔިތެއްގައިގައި ރޯވެ ވަރަށް ބޮޑަށް ފިހިގެން ފީއަލީ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާދެމުންނެވެ. 

މި ހާދިސާގެ އަލިފާންގަނޑު ފެތުރި ބަނދަރުގައި އޮތް އިތުރު ތިން ދޯންޏެއްގައިވެސް ރޯވެ ވަނީ އަނދާފައެވެ. އަދި އެ ސަރަހައްދުގައި ޕެޓްރޯލް ޝެޑުގައި ރޯވެ ބައެއް ގެއްލުންތަކެއްވެސް ވަނީ ލިބިފައެވެ. 

your imageފ.ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާން ނިއްވާލަން މަސައްކަތްކުރުމުގެ ތެރެއިން

މީގެއިތުރުން މި އަލިފާނުގެ ހާދިސާގައި ފީއަލީގައި ހުރި މިފްކޯގެ އައިސް ޕްލާންޓްވެސް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އެ އައިސް ޕްލާންޓަކީ މިދިޔަ އަހަރު އެރަށުގައި ހުޅުވާ ބޭނުންކުރަން ފެށި އައިސް ޕްލާންޓެކެވެ. 

މިފްކޯއިން ބުނީ އެ އަލިފާނުގެ ހާދިސާގައި ފީއަލީ އައިސް ޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދާފައި ވާކަމަށެވެ. އެ އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ 15 ވަރަކަށް ފޫޓު ހުންނާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. އެ ކުންފުނިން ބުނީ ފީއަލީ އައިސް ޕްލާންޓަކީ 25 ޓަނުގެ އައިސް އުފައްްދާ ޕްލާންޓެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;