ads
ސަލްމާން ހާންގެ އާ ލުކް
ސަލްމާން ހާންގެ ތުނބުޅިއަށް ގެނައިބަދަލާއެކު ސަޕޯޓަރުން 90 ގެ އަހަރުތަކަށް ގެންގޮސްފި
ބޮލީވުޑްގެ ތަރި ސަލްމާން ހާން، ދާދި ފަހުން އެއާޕޯޓުން ފެނުނު އާ ފެނިލުމާއެކު އޭނާގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ. އަނަންތު އަމްބާނީގެ އުފަންދުވަހުގެ ހަފުލާއަށް ދިޔުމަށް 2026 އެޕްރީލް 8 ގައި ދިއްލީ އެއާޕޯޓަށް ސަލްމާން އައީ އޭނާގެ ތުނބުޅި މުޅިން ބާލައި، އާދައިގެ ކަޅު ގަމީހަކާއި ޖީންސެއްގައެވެ.
Advertisement

މި ފެނިލުމާއެކު ސޯޝަލް މީޑިއާގައި ސަޕޯޓަރުން ބުނީ، ސަލްމާން ފެންނަނީ 90 ގެ އަހަރުތަކުގައި އޭނާ ކުޅުނު "ޕްރޭމް" ފަދަ ރޯލުތަކުން ފެނުނު ގޮތަށް ކަމަށެވެ. ހާއްސަކޮށް "ހަމް ދިލް ދޭ ޗުކޭ ސަނަމް" ފިލްމުގައި އޭނާ ފެނުނު "ސަމީރު" ގެ ރޯލު ސަޕޯޓަރުން ވަނީ ހަނދާން އާކޮށްފައެވެ. މި ހަފުލާގައި ސަލްމާންގެ އިތުރުން ޝާހްރުކް ހާން އާއި ރަންވީރު ސިންގް ފަދަ ތަރިން ވެސް ބައިވެރިވިއެވެ.

މީގެ އިތުރުން، ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމު "މާތުރޫބޫމީ" ގެ އާ ލަވަޔަކަށް ސަޕޯޓަރުން މިހާރު އަންނަނީ އިންތިޒާރު ކުރަމުންނެވެ. އޭނާގެ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި "މޭރާ ޖީ ނަހީ ބަރާ" މި ސުރުހީގެ ދަށުން ކުރު ލަވަޔެއް ކިޔާ ތަން ފެނެއެވެ. މިއީ އޭނާގެ އާ ފިލްމުގައި ހިމެނޭ އަސަރުގަދަ ލަވަޔެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަޕޫރްވާ ލަކިއާ ޑައިރެކްޓްކުރާ މި ފިލްމަކީ ހަނގުރާމައިގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ސަލްމާން ހާންގެ މި އާ ފެނިލުމާއިއެކު، އޭނާ ވަނީ އަނެއްކާވެސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަގުބޫލުވެފައެވެ. ސަޕޯޓަރުން ބުނާ ގޮތުގައި މިއީ ވަރަށް ތަފާތު އަދި ހިތްގައިމު ބަދަލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;