ads
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ - ފޮޓޯ: އޭއެފްޕީ
ރޮނާލްޑޯ ގައުމީ ޓީމުން ރިޓަޔާކޮށްފި
ޕޯޗުގަލްގެ ކޯޗު ހޯޖް ހެސޫސްއާ މައްސަލަ ޖެހި، ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގެ ސްކޮޑަށް އޭނާ ނުނެގުމުން، ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލިކަން ކްރިސްޓިއާނޯ ރޮނާލްޑޯ އިއުލާންކޮށްފި އެވެ.
Advertisement

އުމުރުން 41 އަހަރުގެ ރޮނާލްޑޯ މި ނިންމުން ހާމަކުރީ މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯ މެސެޖެއް މެދުވެރިކޮށެވެ. މިއާއެކު ޕޯޗުގަލްގެ ގައުމީ ޓީމާއެކު އޭނާ ހޭދަކުރި 23 އަހަރުވީ ދިގު އަދި ކާމިޔާބު ކެރިއަރަށް މިވަނީ ނިމުން އައިސްފަ އެވެ.

ވީޑިއޯ މެސެޖުގައި ރޮނާލްޑޯ ބުނީ، މިއީ ނިންމަން އެއްގޮތަކަށްވެސް ފަސޭހަ ނިންމުމެއް ނޫން ކަމަށާއި، ނަމަވެސް މިއަދަކީ ގައުމީ ޓީމުގެ މުސްތަގުބަލު އާ ޖީލަކަށް ހަވާލުކުރަންވީ ވަގުތު ކަމަށެވެ. އަދި މި ހިނގާ ނޮވެމްބަރު މަހުގެ ބައިނަލްއަގުވާމީ ބްރޭކަށްފަހު، އޭނާ ބޭނުންކުރި 7 ނަންބަރު ޖާރޒީ ރަސްމީކޮށް ގައުމީ ޓީމާ ހަވާލުކުރާނެ ކަމަށްވެސް އޭނާ ހާމަކުރި އެވެ.

"ޕޯޗުގަލްގެ ރައްޔިތުންނަށް ބުނެލަން ބޭނުންވަނީ. ޕޯޗުގަލްގެ އެންމެހާ ރައްޔިތުންގެ ހައްގެއް ކަމަށްވާ ގައުމީ ޓީމު، (އެ ޓީމު) ގެ ހަތް ނަންބަރު ޖޯޒީ އަނބުރާ ހަވާލުކުރާނެ ދުވަސް މިއަދު މިވަނީ އައިސްފައޭ. މިއީ އެއްގޮތަކަށްވެސް ފަސޭހަ ނިންމުމެއް ނޫން. ސަބަބަކީ ބައެއް ނިންމުންތަކަކީ ހަމައެކަނި ސިކުނޑިން ނިންމޭނެ ނިންމުންތަކެއް ނޫން. އޭގައި ހިތުގެ ގުޅުން ވެސް ހިމެނޭ،" އިންސްޓަގްރާމްގައި ރޮނާލްޑޯ ލިޔުނެވެ.

ރޮނާލްޑޯ ވަނީ ޕޯޗުގަލްއާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. އަމިއްލަ ގައުމުގައި 2004 ގެ ޔޫރޯގެ ފައިނަލަށް އެ ގައުމު ގެންގޮސްދިނުމުގައި އޭރު ޓީމުގެ ޒުވާން ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ. އަދި ފްރާންސްގައި 2016 ބޭއްވި ޔޫރޯގެ ތަށީ އޭނާގެ ކެޕްޓަންކަމުގެދަށުން ކާމިޔާބު ކުރި އެވެ. 

ޔޫއެފާ ނޭޝަން ލީގު އަލަތު މުބާރާތް 2019 ގައި އޭގެ ފަހުން އެންމެ އެ މުބާރާތުގެ އެންމެ ފަހު އެޑިޝަން މިދިޔަ އަހަރު ޕޯޗުގަލްގެ ޓީމުން ކާމިޔާބު ކުރީ ވެސް ރޮނާލްޑީޯގެ ބޮޑު ހިއްސާއަކާ އެކު އެވެ. 

ޕޯޗުގަލްއާ އެކު، 2016 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން ޔުއެފާ ނޭޝަންސް ލީގުގެ ދެ މުބާރާތް ކާމިޔާބުކުރި ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް ކުޅެދިން، 234 މެޗުން 146 ލަނޑު ޖަހައިފަ އެވެ.

ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ އަކީ ގައުމީ ޓީމަކަށް އެންމެ ގިނައިން ގޯލް ޖަހާފައިވާ ކުޅުންތެރިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް