މި އުފަންދުވަހުގެ ހަފުލާގައި ބައިވެރިވުމަށްޓަކައި ޝާހްރުކް ހާން އާއި އޭނާގެ އާއިލާގެ އިތުރުން، ސަލްމާން ހާން އާއި ރަންވީރު ސިންގް ވެސް ވަނީ ޖާމްނަގަރަށް ގޮސްފައެވެ. ސަލްމާން ހާން އެއާޕޯޓަށް އައިއިރު ފެނުނު އާ ފެނިލުމަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، ޝާހްރުކް ހާން ވެސް ވަނީ އަނަންތުއަށް އުފަންދުވަހުގެ ހެޔޮއެދުންތައް ފޮނުވާފައެވެ.
މީގެ އިތުރުން ރިތޭޝް ދޭޝްމުކް، ޖެނީލިއާ، އަނަންޔާ ޕާންޑޭ، ކްރިތީ ސެނޯން އަދި ސަންޖޭ ދަތު ފަދަ ތަރިން ވެސް މި ހަފުލާގައި ބައިވެރިވާކަން ފާހަގަކުރެވިފައިވެއެވެ. އަމްބާނީ އާއިލާގެ މި ހަފުލާއަކީ ވަރަށް އަގުބޮޑުކޮށް އަދި ގިނަ ތަރިންތަކަކާއެކު ބާއްވާ ހަފުލާއެކެވެ.
މި ހަފުލާގެ އެކި މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުވަމުންދާއިރު، ބެލުންތެރިންގެ މެދުގައި މިކަމަށް އޮތް ޝައުގުވެރިކަން ވަރަށް ބޮޑެވެ. މި އުފަންދުވަހުގެ ހަރަކާތްތައް ކުރިއަށް އޮތް ދެ ދުވަހު ވެސް ޖާމްނަގަރުގައި ކުރިއަށްދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;