ads
ލިލީ ފިލްމުގެ ތެރެއިން
ފިލްމު "ލިލީ" މި މަހު 16 ގައި މީޑިއާނެޓް ވީޑިއޯކްލަބަށް އަންނަނީ
ދިވެހި ސިނަމާތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދި އަޒްހާން އިބްރާހިމްގެ ސައިކޮލޮޖިކަލް ތްރިލާ "ލިލީ"، މީޑިއަނެޓް ވީޑިއޯކްލަބް މެދުވެރިކޮށް އަންނަ އޭޕްރީލް 16 އިން ފެށިގެން ބަލާލެވޭނެކަން ކްރިއޭޓިވް ނެޓްވޯކުން ބުނެފި އެވެ.
Advertisement

ނޮވެމްބަރު 2025 ގައި ރިލީޒްކުރި މި ފިލްމަކީ، މާލޭގެ ސިނަމާތަކަށް ދިއުމުގެ ފުރުސަތު ނުލިބޭ އަތޮޅުތެރޭގެ ބެލުންތެރިން އެންމެ އިންތިޒާރުކުރަމުންދިޔަ އެއް އުފެއްދުން ކަމަށާއި މި ޑިޖިޓަލް ރިލީޒާއެކު، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް މިހާރު މި ފިލްމު ބަލާލެވޭނެ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެ އެވެ. 

މި ފިލްމު ބިނާވެފައިވަނީ މުޖުތަމައުގެ ތެރޭގައި ފޮރުވިފައިވާ ހިތްދަތި މައްސަލަތަކެއްގެ މައްޗަށެވެ.

ކުޑައިރު ތަހައްމަލުކުރަން ޖެހުނު ޖިންސީ އަދި ޖިސްމާނީ އަނިޔާތަކުގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ލިލީ (އާއިޝާ ޢަލީ)، އޭނާގެ ހައްގު ހޯދުމަށާއި ސަލާމަތްވުމަށް ކުރާ ހިތްވަރުގަދަ މަސައްކަތް މި ފިލްމުން ފެނިގެންދާނެއެވެ.

މި ފިލްމު ގެ ވާހަކަ ލިޔެ ޑައިރެކްޓު ކޮށްފައިވަނީ އަޒްހާން އިބްރާހިމް އެވެ.

މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެންދަނީ އާއިޝާ އަލީ، އަހުމަދު ޝަރީފް، އަދި މުހައްމަދު އިޝްފާން އެވެ. 

މި ފިލްމަކީ އޭގެ ވާހަކައިގެ ވަރުގަދަކަމުންނާއި، އެކްޓިންގ އަދި މިއުޒިކްގެ ފުރިހަމަކަމުން ދިވެހި ފިލްމީ ސިނާއަތުގައި އައު މިންގަނޑެއް ގާއިމުކުރި ފިލްމެކެވެ.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މީޑިއަނެޓް އެޕްލިކޭޝަން ނުވަތަ މީޑިއާނެޓް ވީޑިއޯކްލަބް އެޕްލިކޭޝަން  މެދުވެރިކޮށް މި ފިލްމު ސްޓްރީމް ކުރައްވިގެންދާނެ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;