ads
އެމެރިކާ ޑޮލަރު--
ފުރަތަމަ ކުއާޓަރުގައި ޑޮލަރު އާމްދަނީ 512 މިލިއަނަށް
މިދިޔަ މަހާ ހަމައަށް ދައުލަތަށް ޑޮލަރުން ލިބުނު 15 ޕަސެންޓް އިތުރު ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ) އިން ބުނެފި އެވެ.
Advertisement

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނު 441.8 މިލިއަން ޑޮލަރަށްވުރެ 15.9 ޕަސެންޓް އިތުރު އަދަދެކެވެ.

ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ -- ޓީޖީއެސްޓީ އިންނެވެ. އެ ގޮތުން ޓީޖީއެސްޓީ އިން 269.5 މިލިއަން ޑޮލަރު ލިބުނެވެ.

ޑޮލަރުން ލިބުނު އާމްދަނީ:

* ޓީޖީއެސްޓީ: 269 މިލިއަން ޑޮލަރު
* އިންކަމް ޓެކްސް: 56 މިލިއަން ޑޮލަރު
* ލޭންޑް އެކިއުޒިޝަން އެންޑު ކޮންވާޝަން ފީ: 35 މިލިޔަން ޑޮލަރު
* ގްރީން ޓެކްސް: 47 މިލިއަން ޑޮލަރު
* އެއާޕޯޓު ޑިވެލޮޕްމަންޓު ފީ: 37 މިލިއަން ޑޮލަރު
* ޑިޕާޗާ ޓެކްސް: 36 މިލިއަން ޑޮލަރު

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ 1.4 ބިލިޔަން ޑޮަލަރަށް އަރާފަ އެވެ. މިއީ 2024ވަނަ އަހަރު ލިބުނު 1 ބިލިޔަން ޑޮލަރާ އަޅާ ބަލާއިރު 37 ޕަސެންޓް އިތުރު އަދަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;