ads
ޗައިނާއާއި ރާއްޖެއާ ދެމެދު 5 އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ތެރެއިން
ޗައިނާއާއި ރާއްޖެއާ ދެމެދު 5 އެއްބަސްވުމެއް ސޮއިކޮށްފި
ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު 5 އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
Advertisement

މިއަދު ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ސަރުކާރާއެކު ގާއިމުކުރި އެއްބަސްވުންތަކާއި، އަމިއްލަ ކުންފުނިތަކާއިއެކު ގާއިމުކުރެވުނު އެއްބަސްވުންތައް ހިމެނެ އެވެ. 

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، މޯލްޑިވްސް ބިޒްނަސް އެކްސްޕޯގެ ހަވާސާގެ ތެރެއިން ކުރިއަށް ގެންދިޔަ، ޗައިނާ މޯލްޑިވްސް އިންވެސްޓުމަންޓް ކޯޕަރޭޝަން ފޯރަމްގަ އެވެ.

މިއަދު ސޮއި ކުރުވުނު އެއްބަސްވުމުގެ ތެރޭގައި އިގުތީސާދީ މަސައްކަތްތަކުގައި ގުޅުން ބަދަހިކޮށް އެހީތެރިކަން ދިނުމަށް އިކޮނޮމިކްސް މިނިސްޓްރީ އާއި ޗައިނާގެ ސަންޔާ މުނިސިޕަލް ބިއުރޯ އޮފް ކޮމާސް، ދަ ސަންޔާ އިންވެސްޓްމަންޓް ޕްރޮމޯޝަން ބިއުރޯއާއި ދެމެދު ވެވުން އެއްބަސްވުމާއި، ދިރާސާ ކުރުމާއި، އީޖާދީ މަސައްކަތްތަކާއި ތަމްރީން ދިނުމާއި، ދަނޑުވެރިކަމާ ގުޅޭ ޑެމޮންސްޓްރޭޝަން ސެންޓަރެއް ގާއިމުކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ދެމެދު ގާއިމުކުރި އެއްބަސްވުމާއި ގަނޑުކުރި މަސް ބޭރު ކުރުމަށް މިފްކޯއާއި ޗައިނާގެ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ވެފައިވާ އެއްބަސްވުމާއި އަސާސީ ކާބޯތަކެއްޗާއި، އާއްމު އެކިއެކި މުދާ އެތެރެ ކުރުމާއި އެކަމަށް މަގުފަހިކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އެސްޓީއޯއާއި، ޒިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އިތުރުން މަހުގެ އުފެއްދުންތައް ބޭރު ކުރުމަށް ހޮރައިޒަން ފިޝަރީޒްއާއި ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ހިމެނެ އެވެ. 

މި އެއްބަސްވުންތަކާއި އެކު ރާއްޖެއަށް ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހިވާކަމަށާއި އަދި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ރާއްޖެއަށް އިތުރު ފުރުސަތުތައް ހޯދުމަށްވެސް މަގުފަހިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް