ads
ހއ. ފިއްލަދޫ
ފިއްލަދޫގައި އައްމާފޮތް ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 1،000ރ. ދެނީ
ހއ. ފިއްލަދޫގައި އައްމާފޮތް ހިތުދަސްކުރާ ކޮންމެ ކުއްޖަކަށް 1،000ރ. ދޭން އެ ރަށު އަންހެނުންގެ ކޮމެޓީން ނިންމައިފި އެވެ.
Advertisement

ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނީ އަންމާފޮތް ހިތުދަސްކުރުމުގެ ޕްރޮގުރާމް 1448 " ގެ ނަމުގައި ޕްރޮގްރާމެއް ހިންގަން ހަމަޖެހިފައިވާކަމަށެވެ. 

އެގޮތުން 18 އަހަރުންދަށުގެ ފިއްލަދޫގެ އެންމެހައި ފަރާތްތަކަށާއި ފިއްލަދޫގައި ދިރިއުޅޭ ފަރާތްތަކަށް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެކަމަށް އެ ކޮމެޓީން ބުނެ އެވެ. މި ޕްރޮގުރާމްގައި ބައިވެރިވުމަށް ނަންނޯޓް ކުރުމުގެ މާދަމާގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށް އެ ކޮމެޓީން ބުނެ އެވެ. 

މިހާތަނަށް 20 ކުއްޖަކު ނަން ނޯޓު ކޮށްފައިވާއިރު ޕްރޮގްރާމްގައި ބައިވެރިވެ ހިތުދަސްކުރާ ކުދިން ގުރުއާން ކިޔުއްވުން އޮންނާނީ އަންނަ ރޯދަ މަހުގެ ތެރޭގައި ކަމަށް އެ ކޮމެޓީން ބުނެ އެވެ.  އެގޮތުން އެކަން ކުރާނީ ގުރުއާން އިލްމުން މަތީ ތައުލީމް ހާސިލްކޮށްފައިވާ މީހެއްކަމަށާއި އަންމާފޮތް ހިތުދަސް ކޮންމެ ކުއްޖަކަށް އިނާމެއްގެ ގޮތުގައި 1،000ރ. ލިބޭނެކަމަށްވެސް ފިއްލަދޫ އަންހެނުން ކޮމެޓީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް