ads
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މަޝްވަރާތައް ކުރިއަށްގެންދިޔަ ހޮޓާ - ފޮޓޯ/ރޮއިޓާސް
މަޝްވަރާތައް ނާކާމިޔާބު، އީރާނުން މުހިންމު ހުށަހެޅުންތަކަކަށް އިންކާރު ކުރޭ: އެމެރިކާ
އީރާނާއެކު 21 ގަޑިއިރަށް ދެމިގެންދިޔަ ދިގު މަޝްވަރާތަކަށް ފަހު، އެއްބަސްވުމަކަށް ނާދެވިގެން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާދީއްތަ ދުވަހު އިސްލާމްއާބާދުން ފުރާވަޑައިގެންފި އެވެ.
Advertisement

އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އައުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގަ އެވެ. 

ފާއިތުވި ދިހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ބޭއްވި ފުރަތަމަ މަތީ ފަންތީގެ ސީދާ މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބުމުގެ ޒިންމާ ދެ ފަރާތުން ވެސް އެޅުވީ އެއްބަސްވުމަކަށް ނާދެވުނު އަނެއް ފަރާތުގެ ބޮލުގަ އެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ އީރާނުން މުހިންމު ހުށަހެޅުންތަކަކަށް އިންކާރުކޮށްފައިވާ ކަމަށެވެ. 

"ހަގީގަތަކީ، އެމީހުން ނިއުކްލިއާ ހަތިޔާރެއް ނުއުފައްދާނެ ކަމާއި، އަދި އެފަދަ ހަތިޔާރެއް އަވަހަށް އުފެއްދުމަށް މަގުފަހިވާނެ ވަސީލަތްތައް ނުހޯދާނެ ކަމުގެ ސާފު ޔަގީންކަމެއް އަޅުގަނޑުމެން ބޭނުންވޭ،" ވެންސް ވިދާޅުވި އެވެ.

އެމެރިގެ ނައިބު ރައީސް މީޑިއާއާ ބައްދަލުކުރެއްވުމުގެ ކުރިން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވަނީ މަޝްވަރާތައް ކާމިޔާބުވުން ބިނާވާނީ އެމެރިކާއިން އިންސާފުން ބޭރުން އަދި ޣައިރު ގާނޫނީ ހުށަހެޅުންތައް ދޫކޮށްލުމުގެ މައްޗަށް ކަމަށް ވިދާޅުވެފަ އެވެ. 

"މި ޑިޕްލޮމެޓިކް މަރުހަލާގެ ކާމިޔާބީ ބިނާވެފައިވަނީ އަނެއް ފަރާތުގެ ސީރިއަސްކަމާއި އިހްލާސްތެރިކަމުގެ މައްޗަށް. އަދި އިންސާފުން ބޭރު އަމުރުތަކާއި ޣައިރު ގާނޫނީ ޑިމާންޑުތަކުން ދުރުހެލިވެ، އީރާނުގެ ގާނޫނީ ހައްގުތަކާއި މަސްލަހަތުތައް ގަބޫލުކުރުމުގެ މައްޗަށް،" އިސްމާއީލް ބަގާއީ އެކްސްގައި ލިޔުއްވާފައިވެ އެވެ.

އީރާނުގެ ޕްރެސް ޓީވީން ރިޕޯޓް ކުރާ ގޮތުގައި އިސްލާމްއާބާދުގައި ބޭއްވި މަޝްވަރާތައް ނިންމާލީ އެމެރިކާގެ ޑިމާންޑްތައް ބޮޑުވެ، އެއްބަސްވުމަށް ވާސިލުވުމަށް ހުރަސް އެޅުމުންނެވެ. އެ ރިޕޯޓުގައި ބުނީ ހޮރްމޫޒް ކަނޑުއޮޅި އާއި ނިއުކްލިއާ ހައްގުތަކާއި އެނޫންވެސް މައްސަލަތަކުގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށެވެ.

މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވާފައި ވަނީ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފީއާއި ފޮރިން މިނިސްޓަރު އައްބާސް އަރާގިޖީ އެވެ. ވޭންސްގެ އިތުރުން އެމެރިކާގެ ވަފުދުގައި ހިމެނިވަޑައިގަންނަވާފައި ވަނީ ހުޅަނގު އޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްޓީވް ވިޓްކޮފާއި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނާ އެވެ. 

މަޝްވަރާތަކަށް ދެން ހިޔަނިއެޅިގެން ދިޔަ މައިގަނޑު ސަބަބަކީ، ދެ ފަރާތުގެ ދެމެދުގައި އިތުބާރު ނެތުން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ. އެމެރިކާއާއި އިޒްރޭލު އިސްވެ ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ލޮޅުންއަރައި، ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;