މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހާދިސާގެ އަލިފާންގަނޑު ފެތުރި ބަނދަރުގައި އޮތް އިތުރު ތިން މަސް ދޯންޏެއްގައިވެސް ރޯވެ ވަނީ އަނދާފައެވެ. އަދި އެ ސަރަހައްދުގައި ޕެޓްރޯލް ޝެޑުގައި ރޯވެ ބައެއް ގެއްލުންތަކެއްވެސް ވަނީ ލިބިފައެވެ.
މި އަލިފާނުގެ ހާދިސާގައި ފީއަލީގައި ހުރި މިފްކޯގެ އައިސް ޕްލާންޓްވެސް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އެ އައިސް ޕްލާންޓަކީ މިދިޔަ އަހަރު އެރަށުގައި ހުޅުވާ ބޭނުންކުރަން ފެށި އައިސް ޕްލާންޓެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ފ. ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެރަށުގައި މިފްކޯ އިން ހިންގަމުން ދިޔަ އައިސްޕްލާންޓަށާއި ބައެއް މަސް ދޯނިތަކަށް ލިބުނު ގެއްލުންތައް ބެލުމަށް މިނިސްޓްރީގެ ޓީމެއް އެރަށަށް ޒިޔާރަތްކޮށްފައިވާކަމަށެވ. ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފާނަ މަސްވެރިކަންކުރާ ދެ ދޯންޏަކާއި އައިސްޕްލާންޓުގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދާފައިވާއިރު ބައެއް އެހެން އުޅަންދުތަކަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. މި އަލިފާނުގެ ހަދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އަލިފާނުގައި ލިބުނު ގެއްލުން ބަލަން ދިޔަ ޓީމު އެރަށުގައި
މި ހާދިސާގައި ފިހުނު ބަންގަލަދޭޝް ފިރިހެން މީހާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗް ވެންޓިލޭޓަރުގައި ބާވައިގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;