މަތީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވާކަމަށެވެ. އެހެންނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ވިދާޅެއްނުވެއެވެ. ސަރުކާރުން ފެން ކުންފުނީގެ އެމްޑީގެ މަގާމަށް މަތީން ހަމަޖެއްސެވީ 28 ނޮވެމްބަރު 2023 ގައެވެ.
މަތީން މަގާމުން އިސްތިއުފާދެއްވިއިރު ސަރުކާރު މަސްކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރުވެސް މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު މިހާތަނަށް ސަރުކާރުން ތިން ކުންފުންޏެއްގެ ވެރިން މިވަނީ މަގާމުން އިސްތިއުފާދީފައެވެ. މީގެއިތުރުން ފެނަކަ އާއި އެގްރޯ ނެޓްގެ މެނޭޖިން ޑިރެކްޓަރުން ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;