މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފައިވާއިރު، ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ އައްޑު އަތޮޅު ހިތަދޫ މެންބަރެއް ކަމަށްވާ ސިނާންގެ ގޮނޑި މިއަދުވަނީ ހުސްވެފައެވެ. އެއީ ސުޕްރީމް ކޯޓުގެ ހުކުމަކާއެކުއެވެ.
މާދަމާގެ ޖަލްސާގައި އެޖެންޑާކޮށްފައިވާ ކަންކަމުގެ ތެރޭގައި ހެލްތު މިނިސްޓަރާ ކުރެވޭ ސުވާލަކާ، ބިމާބެހޭ ގާނޫނާއި ވަތަނީ ހިދުމަތާ ގުޅޭ ބިލުގެ ބަހުސް އެބައޮތެވެ.
މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ މިދިޔަ މާރިޗު މަހުގެ ކުރީކޮޅުއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;