ads
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެ: ޒަމީރު
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ބޮޑުވިނަމަވެސް އެއްވެސް ދަތިކަމެއް ނެތި ތެލާއި ގޭސް ލިބޭނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
Advertisement

މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާއި ގުޅިގެން ރައީސް އެކުލަވާލާފައިވާ މިނިސްޓަރުންގެ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ތެލާއި ގޭސް ރާއްޖެއަށް ގެންނަން މުހިއްމު އިސްކަމެއްދީގެން، ކުރިން ގެންނަ ޝެޑިއުލްގެ ބޭރުން އިތުރަށްވެސް ތެޔޮ ގެންނަ އަންނަ ކަމަށެވެ. އަދި ޝެޑިއުލާ އެއްގޮތަށް އޮމާނުން ތެލުގެ ޝިޕްމަންޓްތައް ލިބެމުން އަންނަކަމަށްވެސް ޒަމީރު ވިދާޅުވިއެވެ. ޒަމީރު ވަނީ ތެލުގެ އަގު އުފުލުން އެކަށީގެންވާކަމަށް މިއަދު ވިދާޅުވެފައެވެ. 

" މިވަގުތަށް ދަތިކަމެއް ނެތި ތެލާއި ގޭހުގެ އިމްޕޯޓުކުރުމާއި ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ކުރިއަށް ގެންދެވޭނެ. ތެލުގެ އަގު ބޮޑުކުރަން ޖެހޭ. ކުރިން ވެސް ކޮންމެވެސް ވަރަކަށް ބޮޑުކޮށްފައި ހުރީ. ހަގީގަތުގައި މިވާގޮތަކީ ރާއްޖޭގައި މި އިމްޕޯޓުކުރާ ހުރިހާ ތެލަކީ އެސްޓީއޯއިންނެއް ނޫން ގެންނަނީ. އަމިއްލަ ފަރާތްތަކުން އިމްޕޯޓުކުރާ އިރު ތެލުގެ އަގު ބޮޑު ނުކޮށްފި ނަމަ އެ މީހުންނަށް ވިޔަފާރީގައި ނުތިބެވޭނެތީވެ، އެއާ ވެސް އެއްކޮށް އަޅުގަނޑުމެން އެބަޖެހޭ ތެލުގެ އަގު ބޮޑުކުރަން." ޒަމީރު ވިދާޅުވިއެވެ.

މިހާލާތާއި ގުޅިގެން ތެލުގެ އަގު އުފުލި ދައުލަތުގެ ބަޖެޓަށް އެކަމުން ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އެގޮތުން ބައިނަލްއަޤްވާމީ އެކި އިދާރާތަކާއިއެކު މަސައްކަތް ކުރަމުންދާކަން ޒަމީރު ފާހަގަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;