ads
ހައްޖުވެރިންގެ ތިން ވަނަ ގްރޫޕް ރާއްޖެ އައިސް އެއާޕޯޓްގައި
ދިވެހި ހައްޖާޖީންގެ ހުރިހާ ކަމެއް ހަމަޖެހިއްޖެ, އަންނަ މަހު ފުރަން ފަށާނެ: މިނިސްޓަރު
ރާއްޖެއިން މިއަހަރު ހައްޖަށްދާ ހައްޖުވެރިންގެ ހުރިހާ ކަމެއް ފުރިހަމަކޮށް ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ރައީސް އޮފީހުގެ ކްރައިސިސް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން، ހައްޖަށް މީހުން ގެންދިއުމުގައި މިހާތަނަށް އެއްވެސް ހުރަހެއް އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިނުވާ ކަމަށެވެ. 

ޝަހީމް ވިދާޅުވީ ހައްޖުވެރިންގެ ވިސާގެ ކަންކަމާއި ފްލައިޓާއި އިތުރު އެހެން ތައްޔާރީތައް ވެސް ނިމިފައިވާ ކަމަށެވެ. 

ރާއްޖެއިން މިއަހަރު ހައްޖަށްދާ ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މޭ 15 ވަނަ ދުވަހު އެވެ.

ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ތާރީހުތައް

  • ފްލައިޓް 1 - 15 މޭ - 242 މީހުން
  • ފްލައިޓް 2 - 17 މޭ – 250 މީހުން
  • ފްލައިޓް 3 - 18 މޭ – 243 މީހުން
  • ފްލައިޓް 4 - 19 މޭ – 250 މީހުން

ހައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ގައުމީ އެއާލައިން -- މޯލްޑިވިއަންގެ އިތުރުން ސައުދިއާ އެއާލައިންގެ ފްލައިޓްތަކުގަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;