ފްލައިދުބާއީގެ ރާއްޖޭގެ އޭޖެންޓް، އޭސް އޭވިއޭޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، މިއީ މަތިންދާބޯޓުގެ ކެބިންއަށް މުދާ ބަރުކޮށްގެން ކުރާ "ކާގޯ އިން ކެބިން" ދަތުރުތަކެއްކަމަށެވެ. މިފަދަ ކާގޯ ދަތުރުތައް އާންމުކޮށް ނުކުރާކަމަށާއި ނަމަވެސް ކޮވިޑްގެ ދުވަސްވަރު މިފަދަ ދަތުރުތައް ބައެއް އެއަރލައިންތަކުން ރާއްޖެއަށް ކުރިކަމަށް އޭނާ ވިދާޅުވި އެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16އިން ފެށިގެންނެވެ. އެގޮތުން ޝެޑިއުލްގައިވާގޮތުން މިމަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް މި ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ދުބާއީގެ އަލް މަޚުތޫމް އިންޓަނޭޝަނަލް އެއާޕޯޓް (ޑީޑަބްލިއުސީ) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ފްލައިދުބާއީއަކީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ދަތުރުތައް ކުރަމުން އަންނަ އެއާލައިނެކެވެ. އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސްއިން އަންނަނީ ރާއްޖޭގައި ފްލައިދުބާއީގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ކާގޯ ދަތުރުތައް ފެށުމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން ދެކެއެވެ.
ރާއްޖެއަށް މިވަގުތު ދަތުރުކުރާ އެއަރލައިންތަކުގެ ތެރޭގައި ގިނައީ އޭޝިއާ ސަރަހައްދުގެ އެއާލައިންތަކެވެ. އެގޮތުން އޭޝިއާ ސަރަހައްދުގެ 16 އެއާލައިނަކުން ދަނީ ދަތުރުކުރަމުންނެވެ. ޔޫރަޕްގެ 13 އެއާލައިނަކުން އަދި މެދުއިރުމަތީގެ 6 އެއާލައިނަކުން ދަތުރުކުރެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;