މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ލޭގެ ހިދުމަތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވެވި ޖަވާބުގަ އެވެ.
ޖެނުއަރީ 25 ގައި މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ މި ހިދުމަތް ޒަމާނީ ކުރުމުން، ޖަމްއިއްޔާތަކާއި ކުންދުނިތައް އަދި އަމިއްލަ މީހުންގެ ތެރެއިން ލޭ ހަދިޔާކުރާ މީހުންނާއި އެ މީހުންގެ ލޭގެ ގްރޫޕް ހިމެނޭ ގޮތަށް ރަޖިސްޓްރީވުމާއި ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް އިންތިޒާމުކޮށް، ލޭގެ ގްރޫޕުތައް ހުރި ސަރަހައްދުތައް މެޕް ކުރެވި، ލޭ ހޯދުމަށް ދިމާވެފައިދާ ދަތިތަކަށް ވަށާޖެހޭ ހައްލެއް ހޯދޭނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ލޭ ހޯދުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފު ކުރުމުގެ ބޭނުމަކީ، ލޭ ދިނުމަށް ތައްޔާރު ވެފައިވާ ފަރާތްތަކުގެ ޑޭޓާ ބޭސްއެއް ވުޖޫދު ވުމުން ލޭ ހޯދުމުގައި ދިމާވަމުން އަންނަ ދަތިތަކަށް، ވަށާޖެހިފައިވާ ހައްލެއް އިންފޮމޭޝަން ޓެކްނޮލޮޖީގެ ޒަރިއްޔާއިން ލިބިގެން ދިޔުންކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;