ads
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު
ރައީސް ވިދާޅުވިގޮތަށް ކޮންމެ ހޯމަ ދުވަހަކު މީޑިއާ އާ ބައްދަލު ކުރާނެ: ތަރުޖަމާނު
ރައީސް ޑރ. މުހައއްމަދު މުއިއްޒު ވިދާޅުވި ގޮތަށް ކޮންމެ ހޯމަދުވަހަކު މީޑިއާތަކާއި ބައްދަލުކުރައްވާނެކަމަށް ރަޢީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
Advertisement

ހީނާ މިހެން ވިދާޅުވެފައި މިވަނީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށްފަހު ރައީސް މުއިއްޒު ނޫސްވެރިންނާއެި ބައްދަލުނުކުރައްވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވުމުންނެވެ. އިންތިހާބު ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު ޖެހިގެން އައި ފުރަތަމަ ހޯމަ ދުވަހު ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގަތެވެ. އަދި އެއަށްފަހު އިއްޔެ ރާއްޖެ ވަޑައިގަތުމަށްފަހު މިއަދުވެސް ނޫސްވެރިންނާއި ބައްދަލުކުރައްވާފައެއް ނުވެއެވެ. 

މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވާދެއްވާ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުިއއްޒު ވިދާޅުވީ 1 މާރިޗް 2026 ން ފެށިގެން ކަނޑައަޅުއްވާފައިވާ އުސޫލެއްގެ މަތިން އެމަނިކުފާނާއި ވަޒީރުން ނޫސްވެރިންނާއި ބައްދަލުކުރައްވަމުން  ގެންދަވާނެކަމަށެވެ. 

"މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަހްމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން. ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން." ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ. 

އެހެންކަމުން ކުރިއަށް އޮތް ހަފުތާތަކުގައިވެސް މި އުސޫލާ އެއްގޮތްވާގޮތުގެ މަތީން ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރެވޭގޮތް އަންގަމުން ގެންދާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;