ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވާތީ އެ ދާއިރާގެ ބައި އިލެކްޝަނަށް ހުޅުވާލާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އިންތިހާބު ބާއްވާށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، މާދަމާއިން ފެށިގެން އޭޕްރީލް 29 ވާ ބުދަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އީސީން ބުންޏެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުގެ ގޮނޑި ހުސްވުމާއެކު، އެ ދާއިރާ އަށް އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ޝައުގުވެރިކަންވަނީ ފާޅުކުރައްވައިފަ އެވެ.
ސޯބެ އިތުރުން ދެ ބޭފުޅަކު މިހާރު ވަނީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަނަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެއީ 2013 އަދި 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ވާދަކުރެއްވި އަހުމަދު ސައީދު (ނަޔާ) ގެ އިތުރުން މުހައްމަދު އަލީ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;