ads
4000 ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރަނީ
ފުލެޓާއި ގޯއްޗަށް ފޯމު ހުށަހަޅަން ދިން މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް 'ބޯހިޔާވަހިކަން އެންމެނަށް' ގެ ދަށުން ގޯއްޗާއި ފްލެޓަށް ހުށަހެޅުމަށް ހުޅުވާލި މުއްދަތު އަންނަ މެއި މަހުގެ ނިޔަލާ ހަމައަށް އިތުރުކޮށްފި އެވެ.
Advertisement

ހައުސިން މިނިސްޓްރީން މިއަދު ބުނީ އެކި ކެޓަގަރީތަކަށް އެދި ހުށަހެޅުމުގެ މުއްދަތު މޭ 31 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ ގޮތުން ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫއުން ފުލެޓު ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓު ހަވާލުކޮށްފައި ނުވާ ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ އެދި ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. 

މި ފަހުން މިނިސްޓްރީން އިސްލާހު ކުރަމުން އައީ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ"ގެ ޝަރުތުތަކެވެ.

މިނިސްޓްރީން ބުނި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުވަތަ އެފަދަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިސްލާހުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ހުޅުމާލެއާއި ވިލިމާލޭގައި ބީއެމްއެލްއިން އަޅާ ފްލެޓްތަކުގެ ބިންގާ ވަނީ އަޅާފަ އެވެ. އަގުހެޔޮކޮށް ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ފްލެޓްތައް ތަރައްގީކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް ވަނީ ފަށާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;