އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ފޭސް ތިނަކުން ގޯތި ލިބުނު 451 މީހަކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އޭގެތެރެއިން 125 މީހަކަށް ބިން ވަނީ ހަވާލުކޮށްފަ އެވެ.
ހުޅުމާލެ ތިން ވަނަ ފިޔަވަހިން ޖުމްލަ 698 ގޯތި ދޫކުރެއެވެ.
ލިބޭ ގޯތި އޮންނަ ސަރަޙައްދު ނުވަތަ ޕްލޮޓް ކަނޑައެޅުމަށް އެކަމުގެ ގުރުއަތު ނަގާފައިވަނީ، މިދިޔަ ޑިސެންބަރު މަހުގެ 20ވަނަ ދުވަހު އެވެ.
މާލޭގެ އިތުރުން ގުޅިފަޅުން ގޯތި ލިބުނު މީހުންނާ ބިން ހަވާލުކުރުމުގެ މަސައްކަތްވެސް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ދަނީ ކުރިއަށްގެންދަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;