ރައީސް އޮފީހުން ބުނީ މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވާކަމަސެވެ.
މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުންނަކީ
1- މިނިސްޓާ އޮފް ޑިފެންސްގެ / މުޙައްމަދު ގައްސާން މައުމޫން
2- މިނިސްޓާ އޮފް ފޮރިން އެފެއާޒް / ޑރ. އަބްދުﷲ ހަލީލް
3- މިނިސްޓާ އޮފް ހެލްތް / އަބްދުﷲ ނާޒިމް އިބްރާހީމް
4- މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް / ތާރިގު އިބްރާހީމް
5- މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް / ޑރ އާއިޝަތު ޝިހާމް
6- މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް / އާދަމް ނަސީރު އިބްރާހީމް
7- މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. މަރްޔަމް މާރިޔާ
8- މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް / އިބްރާހީމް ވަހީދު
9- މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް / އާދަމް ޝަރީފު އުމަރު
10- މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް / ޑރ. އަލީ ހައިދަރު އަހްމަދު
ސަރުކާރުގެ ވަޒީރުންތައް މަގާމުން ވަކިކޮށްފައި މިވަނީ މި މަހުގެ 4 ވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެ އިންތިހާބަށްފަހު ސަރުކާރު ހިއްސަވާ ބައެއް ކުންފުނިތަކުގެ ވެރިންވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އެގޮތުން ފެނަކަގެ އެމްޑީއާ މިފްކޯގެ އެމްޑީއާ އެމްޕީއެލްގެ އެެމްޑީގެ އިތުރުން އެގްރޯނެޓްގެ އެމްޑީވެސް ހިމެނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;