ads
ވިރާތާއި އަނުޝްކާ ދިރިއުޅޭ ގެ
ވިރާތާއި އަނުޝްކާ ދިރިއުޅޭ ގޭގެ ސިޓިންރޫމުގައި ޓީވީއެއް ނުބަހައްޓާ ސަބަބު ހާމަވެއްޖެ
އިންޑިއާގެ ކްރިކެޓް ތަރި ވިރާތު ކޯލީ އާއި ބޮލީވުޑް އެކްޓްރެސް އަނުޝްކާ ޝަރުމާ އަލީބާގުގައި ހުންނަ އެ މީހުންގެ އަގުބޮޑު ގޭގެ ސިޓިންރޫމުގައި ޓީވީއެއް ނުބަހައްޓާ ސަބަބު ހާމަވެއްޖެ އެވެ.
Advertisement

ބައްތިރީސް ކްރޯޑު ރުޕީސްގެ އަގުހުރި މި ގޭގެ ސިޓިންރޫމުގައި ޓީވީއެއް ނުބަހައްޓަން އެ ދެމަފިރިން ނިންމީ ހާއްސަ މަގުސަދެއްގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސިޓިންރޫމުގައި ޓީވީއެއް ނުބަހައްޓަން ވިރާތު އާއި އަނުޝްކާ ނިންމީ އާއިލާގެ މެންބަރުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. ޓީވީ ނެތުމުން ގޭތެރޭގައި އާއިލީ ވާހަކަތަކަށް އިސްކަންދެވި، އެކަކު އަނެކަކަށް ވަގުތު ދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެ މީހުން ގަބޫލުކުރެއެވެ.

މި އަގުބޮޑު ގޭގެ ޑިޒައިނާއި އިންޓީރިއާގެ މަސައްކަތްތައް ކުރިއަށްގެންގޮސްފައިވަނީ ވެސް އާއިލީ ހަމަޖެހުމާއި އަމާންކަމަށް އިސްކަންދީގެންނެވެ. މިއީ މީޑިއާގެ ސަމާލުކަމުން ދުރުވެ، އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް އެ ދެމަފިރިން ތައްޔާރުކޮށްފައިވާ ހާއްސަ ދިރިއުޅުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;