ads
ކައިލީ އާއި ޓްރަވިސް އަދި ކިމް
ކައިލީ އާއި ޓްރަވިސްއަކީ ހަމައެކަނި ގާތް ރަހުމަތްތެރިން: ކިމް
ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާ އޭނާގެ ލޯބިވެރިޔާ އަދި ރެޕާ، ޓްރަވިސް ސްކޮޓްއަކީ ހަމައެކަނި ރަހުމަތްތެރިން ކަމަށް ކައިލީގެ ދައްތަ އަދި ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝަން ބުނެފިއެވެ.
ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާ އާއި އޭނާގެ ލޯބިވެރިޔާ އަދި ރެޕާ، ޓްރަވިސް ސްކޮޓްއަކީ ހަމައެކަނި ރަހުމަތްތެރިން ކަމަށް ކައިލީގެ ދައްތަ އަދި ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝަން ބުނެފި އެވެ.

ކައިލީ އާއި ޓްރަވިސް ރުޅިވެފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ބޭރުގެ ނޫސްތަކުން ބުނެ އެވެ.

ބޭރުގެ ހަބަރުތަކުން ބުނާ ގޮތުގައި މި ދެމީހުން އެކުގައި ބޭރުން އެންމެ ފަހުން ފެނުނީ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު އެވެ.

އޭގެ ފަހުން މި ދެ މީހުންގެ ދޭތެރޭގައި މައްސަލަތަކެއް ޖެހުނު ކަމަށާއި އެމައްސަލަތައް ހައްލުކުރަން މަސައްކަތް ކުރި ނަމަވެސް އިތުރަށް ގުޅުން ކުރިއަށް ގެންދެވެން ނެތުމުން ދެމީހުން ރުޅިވާން ނިންމީ ކަމަށްވެސް ބޭރުގެ ހަބަރުތަކުން ވަނީ ބުނެފަ އެވެ. ނަމަވެސް ދާދި ފަހުން ކައިލީގެ ފޮޓޯ އަކަށް ޓްރަވިސް ލައިކެއް ދިނުމާއެކު ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފަ އެވެ.

އެގޮތުން އެކަމާ ގުޅޭގޮތުން އެލެން ދި ގެނެރެސްގެ ޝޯ ތެރެއިން ކިމް ބުނީ ހަގީގަތުގައި އެ ދެ މީހުންގެ ދޭތެރޭ އޮތީ ކޮން ގުޅުމެއް ކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް އެ ދެ މީހުންނަކީ ގާތް ރަހުމަތްތެރިން ކަމަށް ހީވާ ކަމަށް ކިމް ވަނީ ބުނެފަ އެވެ.

"ހަމަގައިމު ވެސް އެ ދެ މީހުން އެންގޭޖެއް ނުވޭ" ކިމް ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ކައިލީ އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. އުމުރުން 21 އަހަރުގެ ކައިލީ އާއި 26 އަހަރުގެ ޓްރަވިސް ލޯބީގެ ގޮތުން 2017 ވަނަ އަހަރު ގުޅިފައިވާއިރު އެމީހުންނަށް ލިބިފައިވާ ދަރިފުޅަށް މިހާރު ވަނީ އެއް އަހަރު ފުރިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް