ads
ހޯމް މިނިސްޓަރު އަލީ އިހްސާން އަލުން ހުވާކުރުމުގެ ތެރެއިން
މަސައްކަތްކުރާނީ ރައްކާތެރި ބާއްޖަވެރި ރާއްޖެއެއް ބިނާކުރަން: އިހްސާން
މަސައްކަތްކުރާނީ ރައްކާތެރި ބާއްޖަވެރި ދިވެހިރާއްޖެއެއް ބިނާކުރަންކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 10 ވަޒީރަކު އިއްޔެ އިސްތިއުފާދެއްވުމުން އަލުން ކެބިނެޓް އެކުލަވާލާ ރޭ ވަނީ ހުވާކުރައްވާފައެވެ. 

ކެބިނެޓުން ބަދަލުނުވި ވަޒީރުންވެސް ރޭ ވަނީ ހުވާކުރައްވާފައެވެ. ރޭ ހުވާކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވަނީ އޭނާ އަލުން ވަޒީރުކަމަށް އައްޔަންކުރުމުން ފަހްރުވެރިވެ އުފާކުރާކަން ހާމަކުރައްވާފައެވެ. އިހްސާން ވިދާޅުވީ އާ މަސްއޫލިއްޔަތުގެ ދަށުން އޭނާ މަސައްކަތްކުރައްވާނީ ރައްކާތެރި ބާއްޖަވެރި ރާއްޖެއެއް ބިނާކުރަންކަމަށެވެ. 

" މިނިސްޓްރީގެ ގާބިލު ހީވާގި ޓީމާއެކު ވަރުބަލިވުމެއް ނެތި އަޅުގަނޑު މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށާއި ދިވެހި މަސައްކަތްތެރިން ބާރުވެރިކޮށް ހައްގުތައް ހޯދައި ދިނުމަށާއި ކުރިއަރާފައިވާ ފަންނިއްޔާތުގެ އެހީގައި ރައްކާތެރި ބާއްޖަވެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް." އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

އިހްސާން ވިދާޅުވީ އޭނާގެ ލަޔާގަތާއި ގާބިލުކަން ތަންދިން އެންމެ މަތީދަރަޖައަކަށް ދިވެހިރާއްޖެއަށް ހިދުމަތް ކުރުމުގައި އަބަދުމެ ދެމިހުންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި ގުޅިގެން ބަދަހި ރައްކާތެރި އީޖާދީ މުސްތަގުބަލެއް ބިނާކުރަން މަސައްކަތް ކުރުމަށް އިހްސާން ވަނީ ގޮވާލައްވާފައެވެ. 

މިސަރުކާރުގެ 20 މިނިސްޓްރީ މަސައްކަތްތަކަށް ބަދަލުގެނެސް މިނިސްޓްރީތަކުގެ އަދަދު 15 އަށްް ވަނީ މަދުކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;