ސުޕްރީމް ކޯޓުގެ ހުކުމާ އެކު ގޮނޑި ގެއްލުނު މުހައްމަދު ސިނާންވަނީ، ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ. ޕްރައިމަރީގައި ވާދަކުރަން އިތުރު ޕީއެންސީ މީހަކު އަދި އިއުލާންކުރި ކަމެއް އެގިފައެއް ނުވެ އެވެ.
ޕީއެންސީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް ސިނާންގެ ގޮނޑި ގެއްލުނީ، ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކާ އޮތް މައްސަލައެއްގަ އެވެ. އެއީ އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައެވެ.
މި ދާއިރާއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮތީ 6 ޖޫންގަ އެވެ. އެ ގޮނޑިއަށް ވާދަކުރެއްވުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން، އައްޑޫގެ ކުރީގެ މޭޔަރު ސޯބެވަނީ އިއުލާން ކުރައްވައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;