ads
ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓްރީ އުވާލައިފި
ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓްރީ އުވާލައިފި
ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވީތީ އުފެއްދި ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލައިފި އެވެ.
Advertisement

ލޯކަލް ގަވަމެންޓް އޮޓޯރިޓީ (އެލްޖީއޭ)ގައި އިންނަވާ ސަރުކާރުގެ މިނިސްޓަރަކީ ފުލްޓައިމް އެކަމަށް އެކަނި ހާއްސަ މިނިސްޓަރަކަށް ހެއްދެވުމަށް ވަކި މިނިސްޓްރީއެއް ހެދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު ސަރުކާރުގެ މިނިސްޓްރީތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އިއްޔެ ގެނެސްފަ އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

ސިޓީސް މިނިސްޓްރީ ނުހުންނަ އިރުވެސް އެ ހުރިހާ މަސައްކަތެއް ބަލަހައްޓަމުން ގެންދިޔައީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރުކަމުގެ މަގާމުގައި އިއްޔެ އާއި ހަމައަށް ހުންނެވި އާދަމް ޝަރީފް ވިދާޅުވީ، މިނިސްޓްރީގައި ހަރުދަނާ މަސައްކަތްތަކެއް ކުރެވުނީތީވެ، ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނީ ހިތްހަމަޖެހޭ މަސައްކަތްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް އިތުރު ކާމިޔާބީއަށް އެދެން. ވުޒާރާއަށާއި ސަރުކާރާއި ދިވެހި ގައުމަށް އެދެނީ ފުރިހަމަ ކާމިޔާބީއަށް. ކުރިއަށް ދިވެހި ގައުމު." އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ކެބިނެޓުގެ 10 މިނިސްޓަރަކު އިއްޔެ އިސްތިއުފާ ދެއްވީ ރައީސް އޮފީހުން ބުނި ގޮތުގައި ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.

އެ ބަދަލުގެ ތެރެއިން އިއްޔެ ވަނީ 12 މިނިސްޓަރަކު މަގާމުގެ ހުވާ ކުރައްވައިފައެވެ. އޭގެ ތެރޭގައި މުޅިން އަލަށް ކެބިނެޓަށް ވަޑައިގެންނެވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

އަލަށް ކެބިނެޓަށް ގެންނެވި ހަތަރު ވަޒީރުން

  1- ހީނާ ވަލީދު - މިނިސްޓަ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު

  2- އަލީ ޝަރީފް - މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރްމެންޓް އެންޑް އެނާޖީ

  3- އިރުތިޝާމް އާދަމް - މިނިސްޓަ އޮފް ފޮރިން އެފެއާޒް

  4- ގީލާ އަލީ - މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;