ނެޝަނަލް ސާވިސް ޕްރޮގްރާމު ކުރިއަށް ގެންދަން ނިންމަވާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު އެވެ. ރައީސް އެދުވަހު ސިފަކުރެއްވި ގޮތުގައި ގައުމާއި އިސްލާމްދީން ދެކެ ލޯބިވާ ޒުވާނަކު ބިނާކުރުމަކީ 50 ބުރީގެ އިމާރާތެއް ބިނާކުރުމަށް ވުރެ ވެސް މާ މުހިއްމު ކަމެކެވެ. އެހެންވެ ނެޝަނަލް ސާވިސް ޕްރޮގްރާމަކީ ވަރަށް ތާރީހީ މަސައްކަތެއް ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
މި ޕްރޮގްރާމުގެ މަގުސަދަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ އަދި ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނާ، ޒިންމާދާރު ދިވެހި ރައްޔިތެއް ބިނާކުރުމެވެ.
ރައްޔިތުންގެ މަޖިލީހަށް ވަތަނީ ހިދުމަތުގެ ބިލު ހުށަހެޅުއްވީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުހައްމަދެވެ. މިއީ ގައުމަށާއި މުޖުތަމައަށް ފައިދާހުރި ޖީލެއް ބިނާކުރުމަށް މަސައްކަތުގެ ދާއިރާގައި ހިދުމަތް ކުރުމަށް ބޭނުންވާ ޒުވާނުންގެ ކިބައިގައި ޖިސްމާނީ، ފަންނީ އަދި ފިކުރީ ގާބިލުކަން އަށަގެންނެވުމަށްޓަކައި ވަތަނީ ހިދުމަތުގެ ޕްރޮގްރާމް ތައާރަފުކޮށް، އެ ޕްރޮގްރާމަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;