ads
ޑރ. އަލީ ނަސީރު މުހައްމަދާއި އައިޝަތު ޝާން ޝާކިރު
ދެ ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަން މަޖިލީހުން ރުހުންދީފި
ދެ ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަން މަޖިލީހުން ރުހުންދީފިއެވެ.
Advertisement

މަޖިލީހުން މިއަދު ރުހުން ދިނީ އާޖެންޓީނާ އަދި ބޮސްނިއާ އެންޑް ހެރްޒެގޮވީނާއަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށެވެ. 

އާޖެންޓީނާގެ ސަފީރުކަމަށް އައްޔަންކުރުމަށް ރުހުން ދީފައިވަނީ އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރުމަށް ފެންނަ ކަމަށް 55 މެންބަރުން ވަނީ ވޯޓް ދެއްވާފައެވެ. 

ބޮސްނިއާ އެންޑް ހެރްޒެގޮވީނާގެ ސަފީރުކަމަށް، އައްޔަނުކުރަން މަޖިލީހުން ރުހުންދިނީ މިހާރު ޖަރުމަނުވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރުއަށެވެ. ޝާން އެ މަގާމަށް އައްޔަންކުރުމަށް ފެންނަކަމަށް 54 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. 

މި ދެ ބޭފުޅުން މި މަގާމަށް އައްޔަންކުރަން އެ ބޭފުޅުން ނަންފުޅު މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ މިދިޔަ މަހުގެ އަށްވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;