ads
ހިޔާ އެޕާޓްމެންޓްގައި ރޯވެ ބަދިގެ އަނދާފައި
ހިޔާ އެޕާޓްމެންޓްގައި ރޯވެ ، މީހުން ވަގުތީ ހިޔާތަކަށް ގެންގޮސްފި
ހިޔާ ޓަވަރުގެ އެޕާޓްމެންޓެއްގައި ރޯވެ، އެތަނުގައި ދިރިއުޅުނު މީހުނަށް ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފި އެވެ.
Advertisement

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށެވެ.

މި ހާދިސާގައި އެ އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އަދި  ގޭތެރޭގައި ދުމުގެ އަސަރު ހުރުމުގެ ސަބަބުން، އެގޭގައި ދިރިއުޅޭ 4 މީހަކަށް އެއް ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި 5 ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމް އެ އޮތޯރިޓީން ހަމަޖައްސާދީފައިވާކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. 

your imageހިޔާ އެޕާޓްމެންޓްގައި ރޯވެ ބަދިގެ އަނދާފައި

މިހާދިސާ އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވާކަމަށްވެސް އެންޑީއެމްއޭއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް