އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން ފިޒިކަލް މަސައްކަތްތައް މިމަހުގެ ދެ ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ. އެމްޓީސީސީގެ ވެބްސައިޓުން ދައްކާ ގޮތުގައި މިހާރު ވަނީ ސުނާމީ ބިނާ އެއްކޮށް ނިންމާލާފަ އެވެ.
ސުނާމީ ކާރިސާގެ ހަނދާނުގައި ހެދި ސުނާމީ ބިނާ ފުރަތަމަ ހުރީ މިހާރު ސިނަމާލެ ބްރިޖަށް އަރާ ސަރަހައްދުގަ އެވެ. އެ ބިނާ މާލޭ ހުޅަނގުފަރާތު ތިން ރުއް ޕާކު ސަރަހައްދަށް ބަދަލުކޮށް، މިހާރު ހުރި ގޮތަށް މައިޒާނެއް ތަރައްގީކުރީ 2016 ވަނަ އަހަރު އެވެ.
މާލޭގެ ޕާކުތަކާއި މައިދާންތަކަކީ ރައްޔިތުންނަށް ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ރަސްފަންނު ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;