ads
ވިއްސާރަ ދުވަހެއް
ހުކުރު ދުވަހާ ހަމައަށް ވިއްސާރަ އޮތުމުން ސަމާލުވާން އެދެފި
ރާއްޖޭގެ ބޮޑު ބަޔަކަށް ހުކުރު ދުވަހާ ހަމައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން އެދެފި އެވެ.
Advertisement

މެޓުން މިއަދު ބުނީ މެދުރާއްޖެތެރެ އާއި އުތުރަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދެކުނަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

މެޓުން ބުނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 10 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ހުކުރުގެ ފަހުން ވެސް ދޭތެރެ ދޭތެރެއިން ކެރީގެ އަސަރު ކުރާނެ ކަމަށް މި ބަލަނީ،" މެޓު އޮފީހުން ބުންޏެވެ.

މެޓުން އިތުރަށް ބުނީ ރާއްޖޭގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ ހިސާބުތަކުގައި ރާޅުތަކުގެ އުސްމިނުގައި ދެ ފޫޓާއި ފަސް ފޫޓޫ ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. ވާރޭވެހުނު ނަމަވެސް އިހުސާސްކުރެވޭ ފިނިހޫނުމިން ހުންނާނީ މަތީގައި ކަމަށް މެޓުން ލަފާކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;