ads
މަދޫރީ---
ސުކޫލު ދައުރުގެ ފޮޓޯއެއް މަދޫރީ ހިއްސާކޮށްފި
ސުކޫލު ދައުރުގެ ފޮޓޯއެއް ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު މަދޫރީ ޑިކްސިތު ހިއްސާކޮށްފި އެވެ.

އިންސްޓަގުރާމު މެދިވެރިކޮށް މަދޫރީ ހިއްސާކުރި ފޮޓޯއިން ފެނިގެންދަނީ މަދޫރީ އާއި އޭނާގެ ދައްތަ ސްޓޭޖު މަތީގައި ނަށާ މަންޒަރެވެ. މަދޫރީ ބުނީ އެއީ އޭނާގެ ދައްތަ އާއެކު ހޭދަކުރި ވަގުތުތަކުގެ ތެރެއިން އެންމެ ކަމުދާ އެއް ހަނދާން ކަމަށެވެ.

މަދޫރީ އެންމެ ފަހުން ފެނިގެންދިޔައީ "ކަލަންކް" އިންނެވެ. ގިނަ ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ މަދޫރީ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ގުލާބް ގޭންގް" އާއި "ޓޯޓަލް ދަމާލް" އާއި "ދޭވްދާސް" އާއި "ހަމް އާޕްކޭ ހޭ ކޮއުން" އަދި "ދިލް ތޯ ޕާގަލް ހޭ" ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް