ads
ފުލުހުން މަގުމަތި ޕެޓްރޯލްކުރަނީ
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ
މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެއެވެ.
Advertisement

ފުލުހުން ބުނީ މާލެ ކަސްޓޯޑިއަލްގައި ގޮޅީގައި ބަންދުކޮށްފައި ހުރި މީހަކު ގޮޅިތެރެއަށް ވެއްޓިފައި އޮއްވައި ފެނިގެން މިއަދު ހަވީރުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ މ. ރޭއަލިވާގެއާގެ/ މާލެ، އަހްމަދު ނަވްޝާދު (41އ) އެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;