ads
މެރީ މަރާލި ކަމުގެ ތުހުމަތު ކުރާ ލަމްހާ އާއި މާވިން
ލަމްހާ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލުމުގައި ބައިވެރިވި، އައިޖީއެމްއެޗުގެ ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.
Advertisement

މޭރީގެ މަރުގެ މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސްއާއި އެކު މޭރީ މަރާލުމުގައި އޭނާގެ ދިވެހި ލޯބިވެރިޔާ އައިޖީއެމްއެޗުގެ ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ބައިވެރިވާކަން ސާބިތުވާކަމަށް ކްރިމިނަލްކޯޓުން ވަނީ މިދިޔަ ހަފްތާގައި ކަނޑައަޅާފަ އެވެ. 

މި މައްސަލާގައި މޭރީގެ ފިރިމީހާ މާވިން ވާގަސްގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވާކަމަށްވެސް ކްރިމިނަލްކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. މި މައްސަލާގައި ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ، މޭރީގެ ފިރިމީހާގެ މައްޗަށް ވެސް މިއަދު ވަނީ އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

 

ޖަލު އަަދަބުގެ ބަދަލުގައި ގޭބަންދަށް ބަދަލުކުރުން ނުވަތަ މުޖުތަމައުއަށް ހިދުމަތްކުރުން ފަދަ އަދަބަކަށް ނުވަތަ ގާނޫނީ ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް ލަމްހާގެ ފަރާތުން މިއަދު ކޯޓުގައި އެދުނެވެ.  

ނަމަވެސް ލަމްހާގެ މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ އެ ކުށުގައި ލަމްހާ އަދާކުރި ދައުރާއި އެކަމުގައި ބައިވެރިވި މިންވަރު އަދި މޭރީގެ މަރު ފޮރުވަން މަސައްކަތް ކޮށްފައިވާތީ އޭނާގެ އަދަބުގެ ދަރަޖަ މަތިކުރަން ޖެހޭ ކަމަށެވެ. އަދި މޭރީ މަރާލުމުގެ ގަސްތު ލަމްހާގެ އޮތް ކަމާއި އެކަމުގައި އެންމެ މަތީ ދަރަޖައަށް ލަމްހާ ބައިވެރިވެފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. 

އެހެންވެ ގާޒީ ކަނޑައެޅުއްވީ އެނގިހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް ލަމްހާގެ މައްޗަށް އިއްވުމަށެވެ.

މޭރީ މަރާލި ވަގުތު މޭރީގެ ދަރިފުޅު ބެލެހެއްޓުމާ ލަމްހާ ހަވާލުވެ، އެ ކުއްޖާ ގޮވައިގެން އެހެން ގެއަކަށް ލަމްހާ ދިޔަ ކަމަށް ވެސް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;