ads
ކެބިނެޓް އަލުން އެކުލަވާލައި، މިނިސްޓަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަވައިފި
ރައީސް ޑރ މުހައްމަދު މުއިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަވައިފި އެވެ.
Advertisement

ރައީސްގެ އޮފީހުން ބުނީ ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުގެ ތެރެއިން މުޅީން އަލަށް އުފައްދަވާފައިވަނީ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީކަމަށެވެ.

އުވައިލައްވާފައިވާ ވުޒާރާތައް

  • މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
  • މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
  • މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
  • މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
  • މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް
  • މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

ރައީސްގެ އޮފީހުން ބުނީ މި ގެންނެވި ބަދަލާއެކު ބައެއް ވުޒާރާތަކުގެ ނަމަށް ބަދަލުގެންނަވާފައިވާކަމަށެވެ. އެގޮތުން 11 ވުޒާރާއެއްގެ ނަމަށްވަނީ ބަދަލުގެންނަވާފަ އެވެ.

ނަމަށް ބަދަލުގެންނެވި ވުޒާރާތައް

  • "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ"ގެ ނަން، "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ" އަށް
  • "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ"ގެ ނަން، "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް" އަށް
  • "މިނިސްޓްރީ އޮފް އެޑިޔުކޭޝަން"ގެ ނަން، "މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް" އަށް
  • "މިނިސްޓްރީ އޮފް ހެލްތު"ގެ ނަން، "މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ" އަށް
  • "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް"ގެ ނަން، "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް" އަށް
  • "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް"ގެ ނަން، "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް" އަށް
  • "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް"ގެ ނަން، "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން" އަށް
  • "މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން"ގެ ނަން، "މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް" އަށް
  • "މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް"ގެ ނަން، "މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް" އަށް
  • "މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ"ގެ ނަން، "މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް" އަށް
  • "މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް"ގެ ނަން، "މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް" އަށް

ސަރުކާރުގެ އިދާރީ އޮނިގަނޑަށް މި ގެންނެވި ބަދަލުތަކުގެ ތެރޭގައި، ބެލެނިވެރިކަން ބަދަލުކުރެއްވި އިދާރާތައްވެސް ހިމެނެ އެވެ.

ބެލެނިވެރިކަން ބަދަލުކުރެއްވި އިދާރާތައް

  • މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިގަމުންދިޔަ، "ނޭޝަނަލް ކެރިއަރސް ސަރވިސް"، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށަށް ވަނީ ބަދަލުކުރައްވާފަ އެވެ.
  • މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިގަމުންދިޔަ، "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ"އާއި، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ"އާއި، "މޯލްޑިވްސް ޕޮލިޓެކްނިކް"، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށަށްވަނީ ބަދަލުކުރައްވާފަ އެވެ.
  • މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދިޔަ، "ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ"އާއި، "އާއިލާތަކާއި ކުޑަކުދީންނަށް ޚިދުމަތްދޭ މަރުކަޒުތައް"އާއި، "އަމާންހިޔާތައް"އާއި، "ވިލިނގިލީ އިޖުތިމާއީ ހިދުމަތްދޭ މަރުކަޒު"އާއި، "އިސްރަށްވެހިންގެ ނާދީތައް"އާއި، "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް"އާއި، އެ ސަރވިސްގެ ދަށުން ހިނގަމުންދިޔަ "ފިޔަވަތި"އާއި "އަމާންވެށިތައް"، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ދަށަށްވަނީ ބަދަލުކުރައްވާފަ އެވެ.
  • މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދިޔަ، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު"، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ދަށަށްވަނީ ބަދަލުކުރައްވާފަ އެވެ.
  • މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ދަށުން ހިނގަމުންދިޔަ، "ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން"އާއި، "ގައުމީ ކުތުބުހާނާ"އާއި، "ގައުމީ އަރުޝީފު"އާއި، "ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް"އާއި، އެ ސެންޓަރުގެ ދަށުން ހިނގަމުންދިޔަ "ނޭޝަނަލް އާޓް ގެލެރީ"، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށްވަނީ ބަދަލުކުރައްވާފަ އެވެ.
  • މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންދިޔަ، "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ"އާއި "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ"އާއި "މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް"އާއި "މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް އޮފީސް"، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށަށްވަނީ ބަދަލުކުރައްވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;