ads
ފަތުރުވެރިންތަކެއް ފުޅަދޫ މޫދުގައި: ފައިލް ފޮޓޯ/ ވެންޑެރޮން
މިޔަރެއް ހަމަލާދިނުމުން ފަތުރުވެރިއެއްގެ އެއްފައި ބުރިކޮށްލައިފި
ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީ، ލިބުނު އަނިޔާގެ ސަބަބުން އެއް ފައި ބުރިކޮށްލައިފި އެވެ.
Advertisement

ފުލުހުން ބުނީ އެ މީހާ އަށް ފުރަތަމަ ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް މާލެ ގެނެސްފައިވާ ކަމަށެވެ.

އެ ހަމަލާގައި އެ ޓޫރިސްޓުގެ ދެ ފައި ވަރަށް ބޮޑަށް ޒަހަމް ވެފައިވާއިރު، އެ މީހާގެ އެއް ފައި ބުރިކޮށްލައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށާއި، ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;